Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 04:11
އަމްރު ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ
އަމްރު ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ފަލަސުރުޚީ
ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު
އިޤްތިޞާދީ ސިޔާސަތު އޮތީ މުޅިންވެސް ލޯނު ނެގުން
ޓޫރިޒަމް އިންޑަސްޓްރީވެސް ދަނީ ދަށަށް

ސަރުކާރުން ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަލާލުމުން ސަރުކާރުގެ އިޤްތިސާދީ ހާލަތު ވަރަށް ރަނގަޅަށް ހާމަކޮށްދޭ ކަމަށް އެމްޑީޕިގެ ޕޮލިސީ ކޮމެޓީގެ މުޤައްރިރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

 

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު އޮތީ މުޅިންވެސް ލޯން ނަގައިގެން ކުރިއަށްގެންދާ ގޮތަށް ކަމަށެވެ.

 

އަމްރު ވިދާޅުވި ގޮތުގައި މުޅި ބަޖެޓަށް ބަލާލުމުން އިޤްތިސާދު އޮތީ ކަންބޮޑުވާންޖެހޭ ހާލަތެއްގައެވެ. ލޯނު ނަގާއިރު، ލޯނު ދެއްކޭގޮތެއް ނެތް ކަމަށާއި ލޯނު ދެއްކުމަށްޓަކައި އެކި ނަންނަމުގައި ޓެކްސްތައް ސަރުކާރުން ނަގަމުންދާ ކަމަށް އަމްރު ވިދާޅުވިއެވެ.

 

އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔައީ އިޤްތިސާދީގޮތުން ވަރަށް ރަނގަޅު ފިޔަވަޅުތަކެއްގެ މަތީގައި ކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސަރުކާރު ކުރިއަށްދިޔައިރު 2016 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓް އެއްކޮށް އަރަނިވެރިވާނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

 

"އެމްޑީޕީ ސަރުކާރުގެ ލިޔެކިޔުންތައް ބެލީމައިވެސް ފެންނަން އޮންނާނެ ކަމެއް. އަދި އެމްޑީޕީގެ ސަރުކާރު އޮތް ނަމަ ބްރިޖް އެޅުމަށް ބަޔެއްގެ އަތުން ލޯނު ނަގާކަށް ނުޖެހޭނެ. ޗައިނާއަށް ސަލާންޖަހާކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ އަމިއްލަ ފައިސާއިން އެކަން ކުރެވޭނެ" އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ މީގެކުރިން ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރަމުންދިޔަ މިންވަރާއި ގާތަށްވެސް މިހާރު ޓޫރިޒަމް އިންޑަސްޓްރީ ކުރިއަކަށް ނުދާ ކަމަށެވެ.

 


"އަޅުގަނޑުމެންނަށްކަށް ނުފެނޭ އެއާއި ގާތަށްވެސް ކުރިއަރާތަނެއް. 2012 އަދި 2011 ގައި ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރި. ޓޫރިޒަމް އިންޑަސްޓްރީވެސް ދަށަށް ދަނީ ސަރުކަރުގެ ހަރަދުނާ ސިޔާސަތެއް ނެތުމުން ކަމަށް އާޅުގަނޑު ގަބޫލުކުރަނީ" އަމްރު ވިދާޅުވިއެވެ.

 

ފަލަސުރުޚީ ޕްރޮގްރާމްގައި އަމްރު ވަނީ ފ އަތޮޅު ސައުދީއަރަބިޔާ އަށް ދިނުމާއިމެދު ވާހަކަ ދައްކަވާފައެވެ. އަމްރު ވިދާޅުވި ގޮތުގައި މިހާރު އަޑު އިވެނީ ފ. އަތޮޅު ތަރައްޤީކޮށް ނިމޭއިރު، އެއް މިލިއަން މީހުންނަށް އެތަނުގައި ދިރިއުޅެވޭނެ ކަމަށް ދައްކާވާހަތައް ކަމަށެވެ. ނަމަވެސް އެއް މިލިއަން މީހުން ރާއްޖޭގައި ވަކި ތަނެއް ހަދައިގެން އުޅެންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް