Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 04:03
ފުލުސް އޮފީސް: ބަރަހަނާ ފޮޓޯތަކެއްގެ މައްސަލައިގާ އަންހެން ފުލުހަކު ވަނީ ވަކިކޮށްފައި
ފުލުސް އޮފީސް: ބަރަހަނާ ފޮޓޯތަކެއްގެ މައްސަލައިގާ އަންހެން ފުލުހަކު ވަނީ ވަކިކޮށްފައި
މުހައްމަދު ޝަރުހާން
އަންހެން ފުލުހަކު ވަކިކުރުން
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
އޭނާ ވަކިކުރީ ފޮޓޯތަކުން އޭނާކަން ކަށަވަރު ވުމުން

ބަރަހަނާ ފޮޓޯތަކެއް ދައުރުވުމާއި ގުޅިގެން ފުލުހުންގެ ވަޒީފާއިން އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލްވެސް ވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ރާއްޖެ އެމްވީއަށް ވިދާޅުވީ އަންހެން ފުލުހެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކުވެ އެމައްސަލަ ތަހުގީގް ކުރުމަށްފަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

މީޑިޔާ އޮފިޝަލް ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރީ ދައުރުވަމުންދިޔަ ފޮޓޯތަކުގެ މައްސަލަ ތަހުގީގް ކުރުމަށްފަހު އެފޮޓޯތަކުން ފެންނަނީ އޭނާކަމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑްއަށް ކަށަވަރު ކުރެވުމުން ކަމަށެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި އެފުލުހަކީ ދޫނިދޫ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުންދިޔަ ކޯޕްރަލެއްގެ މަޤާމުގައި ހުރި ފުލުހެކެވެ.

މައުލޫމާތު ލިބިފައިވަނީ ލީކުވެފައިވަނީ އޭނާ އެތަނުގައި އުޅެނިކޮށް ލީކުވި ފޮޓޯތަކެއް ކަމަށާއި އެފޮޓޯތަކުގެ ތަހުގީގް ކުރަމުންދިޔައިރު އޭނާ ހުރީ ޔުނީފޯމް ސެކްޝަނަށް ބަދަލުކޮށްފައެވެ.

ދާދި މިދާކަށް ދުވަހު ފިރިހެން ފުލުހަކުވެސް ވަނީ ބަރަހަނާ ވީޑިއޯއެއްގެ މައްސަލައިގާ ވަޒީފާއިން ވަކިކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް