ތައިލެންޑްގައި 2014 ވަަނަ އަހަރު ގެނައި ބަޣާވާތަށް ފަހު ބޭއްވި ފުރަތަމަ އިންތިޚާބުގައި އެންމެ ގިނަ ގޮނޑޮ ހޯދި ޕާޓީއަކަށް އެ ގައުމުގެ އިދިކޮޅު ޕޫ ތައި ޕާޓީ ވެއްޖެއެވެ.
މަގާމުން ދުރުކުރެވުނު ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަތްރާގެ ތާއީދު ލިބިފައިވާ އެ ޕާޓީއަށް 136 ގޮނޑި ލިބިފައިވާއިރު ވެރިކަންކުރާ ޕަލަންގ ޕްރަޗާ ރަތު ޕާޓީ (ޕީޕީއާރުޕީ) އަށް ލިބިފައި ވަނީ 115 ގޮނޑިއެވެ.
ނަމަވެސް 250 ގޮނޑި ހިމެނޭ މަޖިލީހުން މިހާރު އޮތް ވެރިކަން ދެމެހެއްޓުމަށްޓައި ބައިއަތު ހިފާނީ ޕީޕީއާރުޕީ އަށް ކަމަށް ވަނީ ބެލެވިފައެވެ.
ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި 500 މެމްބަރުން ތިއްބަވާއިރު މަތިގެއަކީ އަސްކަރިއްޔާ އިން އައްްޔަންކުރާ މަޖިލީހެކެވެ.
ޝަކުވާތަކާ އޮޅުންތަކުގެ ސަބަބުން ވޯޓު ގުނުމުގެ މަސައްކަތް ވަނީ ލަސްވެފައެވެ. ވޯޓުގެ ނަތީޖާ އައިސްފައި މިވަނީ އިންތިޚާބު ބޭއްވިތާ ހަ ހަފްތާ އަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
ތައިލެންޑްގައި އަސްކަރިއްޔާ އާއި ކުރީގެ ބޮޑުވަޒީރު ތަކްސިންއަށް ތާއީދުކުރާ ފަރާތްތަކާ މެދު އޮތް ވާދަވެރިކަމާ އެކު ތައިލެންޑްގެ ސިޔާސީ ހަމަނުޖެހުމަކީ ދިގުލައިގެން ގޮސްފައިވާ ކަމެކެވެ.
އެ ގައުމުގައި 2014 ވަނަ އަހަރު ތަކްސިންގެ ކޮށްކޯފުޅު ޔިންގލަކް ވެރިކަމުގައި ހުންނަވަނިކޮށް ގެނައި ބަޣާވާތަކީ އެ ގައުމުގައި ރަސްކަމުގެ ފަރާތުން ސަރުކާރު ހިންގުން 1930 ގެ ތެރޭގައި ނިމުނު ފަހުން އަސްކަރިއްޔާއިން ބަޣާވާތްކުރި 12 ވަނަ ފަހަރެވެ.