ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ނަން އިނގިރޭސިބަހުން ބޭނުންކުރާ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑަ އަޅުއްވައިފިއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ނަން އިނގިރޭސި ބަހުން ބޭނުންކުރުމަށް ކަނޑައަޅުއްވާފައި ވަނީ "ނެޝަނަލް ސެންޓަރ ފޯރ ދަ ހޮލީ ޤުރުއާން" (National Centre For The Holy Quran) މިހެންނެވެ.
އެ މަރުކަޒަށް އިނގިރޭސި ބަހުން ކުރިން ކިޔަނީ "ސެންޓާ ފޯ ދަ ހޮލީ ޤުރުއާން" (Centre For The Holy Quran) އެވެ.
ޤުރުއާނާއި ބެހޭ މަރުކަޒުން ގުރުއާން ހިފްޒު ކުރުމުގެ އިތުރުން ޤުރުއާނާ ބެހޭ ތަފާތު އެކި ކޯސްތައް ހިންގައެވެ.
މީގެ އިތުރުން ވެސް އިމާމްކަމުގެ ކޯހާއި ޤުރުއާނުގެ އިލްމުގެ ތަފާތު ކޯސްތައް ހިންގަމުންދާކަން ފާހަގަ ކޮށްލެވެއެވެ. މި މަރުކަޒު ހުޅުވިފައިވަނީ 2000 ވަނަ އަހަރުއެވެ.