ކ. މާލެ
|
9 މެއި 2019 | ބުރާސްފަތި 13:16
އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ދަނީ: ގިނަ މަޝްރޫއުތައް ވަނީ މަޑުޖެހިފައި
އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ދަނީ: ގިނަ މަޝްރޫއުތައް ވަނީ މަޑުޖެހިފައި
ޓްވިޓަރ
މަގޭ ރިޕޯޓްް
އަދިވެސް ޝަކުވާތަކަށް ކުޑަ ވެސް ހައްލެއް ނެތް!
ކުރީ ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކުގެ ދުވެލި ވަނީ މަޑުޖެހިފައި
ގިނަ ކަންކަން ހުރީ އަދިވެސް ކުރިން ހުރި ގޮތަށް
އާ ބިޔަ މަޝްރޫއެއް ނުފެށޭ

ސަރުކާރަށް ހަ މަހަށް ވުރެ ގިނަ ދުވަސްވީއެވެ. މި ސަރުކާރު ގެނައީ އުންމީދުތަކަކާ އެކުގައެވެ. އެތައް ބަޔަކު ކުރަމުން އައި ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމުގެ އުންމީދުގައެވެ. އެކަންކަމަށް ދިވެހިން ފެންބޮވައިގެންފައި ތިބި ވަރުން ހައްލެއް ނުލިބި ހޭދަވާ ކޮންމެ ދުވަހަކީ ވެސް ވަރަށް ބޮޑު އަނިޔާއެވެ.

ފަހަރުގައި ހަ މަސް ދުވަހަކީ ކަންކަން ހައްލުކުރަން ކުރު މުއްދަތަކަށް ވެދާނެއެވެ. އެއް ދުވަހު ހުރިހާ ރަށެއްގެ ކަރަންޓްގެ މައްސަލަ ހައްލު ނުވެދާނެއެވެ. ހަ މަހުން ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކަށް ޑޮކްޓަރުން ހަމަކޮށް މަރާމާތުތައްކޮށް ޓެސްޓްތައް ހެދި ބައެއް ތަންތަން ހޮސްޕިޓަލްތަކަށް ބަދަލުވުމަކީ ނުވާނެ ކަންކަމެވެ. ހުރިހާ ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކުރެވި، މަގުތައް ހެދި، ބަނދަރުގެ މައްސަލަ އަށް ހައްލު ލިބި، ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބި، ހަ މަސް ދުވަހުގެ ތެރޭގައި އުފާފާގަތިކަން އަންނާނެ ކަމަށް އެކަކު ވެސް އުންމީދެއް ނުކުރާނެއެވެ. އަދި އެކަންކަން ނުވެގެން މާބޮޑު ޝަކުވާތަކެއް ވެސް ނުކުރާނެއެވެ. ނަމަވެސް ޝަކުވާތައް އިތުރުވަނީ އެކަން ކަމަށް ކުރާ އުންމީދަށް އަލި މަގެއް ފެނުން ލަސްވާތީއެވެ. ސަރުކާރާ މެދު މިހާރު އޮތް އެންމެ ބޮޑު ޝަކުވާއަކީ ރައްޔިތުން އެދޭ ބަދަލު ގެނައުމުގައި ލަސްތަކެއް ކުރިމަތިވެފައި ވުމެވެ.

ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް ލިސްޓްކޮށް، ގިނަ ކަންތައްތަކެއް ފުރިހަމަވި ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް އެބުނާ ކަންކަމުގެ ތެރޭގައި ގިނައީ ނިޒާމުތަކަށް ގެނައި ބަދަލުތަކެވެ. ލޯމައްޗަށް ފެންނަން ހުރި ކަންކަން އޭގެ ތެރޭގައި މަދެވެ. ހާއްސަކޮށް އުމްރާނީ ގޮތުން ފެންނަން ހުރި ކަންކަން މަދެވެ. މަޝްރޫއުތައް އޭގެ ތެރޭގައި ހިމެނިފައެއް ނެތެވެ.

މި ސަރުކާރުގެ ތަރައްގީ އާއި ކުރިއެރުން ވެސް އަޅާކިޔަން އޮތީ ނިމިގެންދިޔަ ސަރުކާރާއެވެ. ގިނަ މަޝްރޫއުތައް ނިމިދިޔަ ސަރުކާރުގައި ފަށައި އަދި ބައެއް ކަންކަން ނިންމާފައި ވެސް އެބަހުއްޓެވެ. އެހެންކަމުން އާ ސަރުކާރާ މެދު ވެސް ރައްޔިތުންގެ އުންމީދަކީ އެފަދަ މަޝްރޫއުތައް އިހުނަށް ވުރެ ހަލުއިވެ، ނިމިގެން ދިއުމެވެ. އަދި ހަމައެފަދަ މަޝްރޫއުތަކެއް ފެނިގެން ދިއުމެވެ. ކޮންމެ މަޝްރޫއަކީ ވެސް ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫއުތަކެވެ.

ރައްޔިތުން ނާއުންމީދުވެ ޝަކުވާ ބޮޑުވާންޖެހޭ ގިނަ ކަންކަމެއް ހަ މަސް ދުވަހުގެ ތެރޭގައި ހިނގަފިއެވެ. ސިއްހީ ނިޒާމަށް ލިބުނު ކުރިއެރުމަށް ވުރެ އެ ނިޒާމާ މެދު އޮތް ޝަކުވާ ބޮޑެވެ. އައިޖީއެމްއެޗަށް 25 ބުރީގެ އިމާރާތެއް އިތުރުވިޔަސް ޝަކުވާތަކެއް ދަނީ ބޮޑުވަމުންނެވެ. އެއާކޯންތައް ހަލާކުވެފައިވާ ވާހަކަ އާއި މެޝިންތަކަށް މައްސަލަ ޖެހޭ ވާހަކަ އާއި ތަނުގައި ހުރި އެއްޗެހި ބާވެ ހަލާކުވެފައިވާ ވާހަކައަކީ ކޮންމެ ދުވަހެއްގެ ވެސް ޝަކުވާތަކެވެ. އަނެއް ކޮޅުން އަލަށް ހެދި އިމާރާތް ހުޅުވައި ޚިދުމަތް ދިނުން ވެސް ފަސްވެ ދިގުލައިގެން ދަނީއެވެ. ހައްތަހާ ވެސް ޝަކުވާއެވެ.

ނިމިދިޔަ ސަރުކާރުން ހުރިހާ ރަށެއްގައި 24 ގަޑިއިރުގެ ކަރަންޓް ޔަގީންކޮށްދިން ކަމަށް ބުނެ ފޮނިކެނޑިއެއް ކަމަކު ކޮންމެ ދުވަހެއް ނިމިދަނީ ކޮންމެ ވެސް ބަޔަކު ކަރަންޓުން މަހްރޫމްވެފައި  ތިބި ޝަކުވާއާ އެކުއެވެ. ފޫޅުކެނޑެނީ މި ސަރުކާރާ ހަމައަށް ވެސް ދެމިގެން އައި ފެނަކަ ކޯޕަރޭޝަނަށެވެ.

ބޯހިޔާވަހިކަމަށް ރައްޔިތުން ކުރާ އުންމީދުގައި ވެސް ކުލަޖެހުން ހައްތަހާ ވަނީ ލަހެވެ. ނިމިދިޔަ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން މި އަހަރުގެ ޖޫން މަހު ފްލެޓްތަކަށް ވަދެވޭނެ ކަމަށް އެ ސަރުކާރުން އޭރު ބުނެފައިވާތީ ރައްޔިތުން ތިބީ އެކަމުގެ ވެސް އުންމީދުގައެވެ. ނަމަވެސް އާ ސަރުކާރާ ހަވާލުވުމުން އެނގުނީ އެކަން އޮތީ އެހެން ނޫން ކަމެވެ. ހަތްހާސް މީހުންނަށް ހަދަމުން އަންނަ ތަނުން ޖާގަ ލިބޭނީ 3500 ވަރަކަށް މީހުންނަށް ކަމެވެ. އަނެއް 3500 މީހުން އަނެއްކާ ވެސް އާ މަޝްރޫއުއަކަށް އިންތިޒާރުކުރަންވީއެވެ. އެ މަޝްރޫއާ މެދު ކުރެވޭ އުންމީދު ފަނޑުވަމުންދާއިރު ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް މި ސަރުކާރުން މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ. އުންމީދުތަކެއް ދިން ނަމަވެސް އެކަން އޮތީ ނުވެއެވެ.

ޓުއަރިޒަމް ފުޅާކުރުމަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ވެސް ދިމާވެފައި ވަނީ އެފަދަ ގޮތެކެވެ. ދާދި ފަހަކާ ޖެހެންދެން މަޝްރޫއު އޮތީ މަޑުޖެހިފައެވެ.

މަޑުޖެހި ލަސްވެގެން ގޮސްފައި ވަނީ ހަމައެކަނި މަޝްރޫއުތައް އެކަންޏެއް ނޫނެވެ. އިންސާފު ލިބުމާއި މިނިވަން މުއައްސަސާތަކަށް ބަދަލު ގެނައުމުގައި ވެސް ސަރުކާރު ވަނީ ފަހަތު ފަޔަށް ބުރަވެފައެވެ. ނުވަތަ ރައްޔިތުން އުންމީދުކުރާ މިންވަރާ ގާތަށް ވެސް ކަންކަން ކުރިއަކަށް ނުދެއެވެ.

މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ރައްޔިތުން މި ސަރުކާރު ގެނައީ އުންމީދުތަކަކާ އެކީގައެވެ. އަދިވެސް ތިބީ އުންމީދުތަކެއްގައެވެ. ދުވަސްތައް މަސްތަކަށް ބަދަލުވެ ދަނީއެވެ. ހައްލެއް ލިބޭނެ ދުވަހެއް އަންދާޒާކުރަން އަދި ވަރަށް ދައްޗެވެ.

- ކޮމެންޓް