ކ. މާލެ
|
9 މެއި 2019 | ބުރާސްފަތި 00:20
ލެޓިއުސް
ލެޓިއުސް
މުހައްމަދު ޝަރުހާން
ރޯދަ ބާޒާރު
މާރުކޭޓުގައި ލެޓިއުސްގެ އަގު އަދިވެސް ބޮޑު!
ލެޓިއުސް ކިލޯއެއްގެ އަގު އުޅެނީ 150ރ. އަށް

ރޯދަ މަސް ފެށުނުއިރު މާރުކޭޓުގައި ލެޓިއުސް ކިލޯއެއްގެ އަގު އުޅުނީ 100ރ. އަށެވެ. އަދި އެ އަށް ފަހު ލެޓިއުސް ކިލޯއެއްގެ އަގު އުޅުނީ 150ރ. އަށެވެ.

ބުދަ ދުވަހު މާރުކޭޓުގައި ބައެއް ގޮޅިތަކުން ލެޓިއުސް ކިލޯއެއް 250ރ. އަށް ވެސް ވިއްކަން ހުއްޓެވެ. ބާޒާރުގައި މިއަދު ލެޓިއުސް ކިލޯއެއް އުޅެނީ 150ރ. އާއި 200ރ. އާ ދެމެދުގައެވެ.

ލެޓިއުސްއަކީ ކޮންމެ ރޯދަ މަހަކު ވެސް އަގު ބޮޑު އެއް ބާވަތްކަން ފާހަގަކޮށްލެވެއެވެ. ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ލެޓިއުސްގެ އަގު ކުރިއަތް އޮތް ދުވަސްތަކުގައި ވެސް ހެޔޮވެގެނެއް ނުދާނެއެވެ. މާރުކޭޓުގައި މިހާރު ވެސް ލެޓިއުސް ލިބެން ހުރީ ވަރަށް މަދުންނެވެ.

މާރުކޭޓުގައި މިއަދު ކެބެޖް ލިބެން ހުރީ 50ރ. އަށެވެ. އަދި ލުނބޯ ކިލޯއެއް 35ރ. އަށް ލިބެން ހުރިއިރު ބްރޮކޮލީގެ އަގު އުޅެނީ 85ރ. އަށް ކިލޯއެކެވެ. ކިއުކަންބާ ކިލޯއެއް އިއްޔެ މާރުކޭޓުގައި 35ރ. އަށް ލިބެން ހުރި ނަމަވެސް މިއަދު ކިއުކަންބާ ކިލޯއެއްގެ އަގު އުޅެނީ 30ރ. އަށް ކިލޯއެކެވެ.

މީގެ އިތުރުން ކެރެޓް ކިލޯއެއް 20ރ. އަށް ލިބެން ހުރިއިރު ބީންސް ކިލޯއެއް ލިބެން ހުރީ 65ރ. އަށް ކިލޯއެކެވެ. މާރުކޭޓުގައި މީގެ ކުރިން ކަރާ ލިބުމުގައި ދަތިތަކާއި ކުރިމަތިވި ނަމަވެސް ވިޔަފާރިވެރިން ބުނަނީ މިއަދު މާރުކޭޓުގައި ކަރާ ލިބުމުގައި ދަތިތަކާއި ދިމާނުވާ ކަމަށެވެ. އެގޮތުން ކަރާ ކިލޯއެއްގެ އަގު 30ރ. އަށް ހެޔޮވެފައިވާއިރު މާރުކޭޓުގައި އެންމެ ގިނައީ ތޮއްޑޫ ކަރާއެވެ.

ކަނޑޫދޫ މިރުސް މީގެ ކުރިން އަގު ބޮޑުވި ނަމަވެސް އިއްޔެއިން ފެށިގެން ކަނޑޫދޫ މިރުހުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. މިއަދު މާރުކޭޓުގައި 100 ގްރާމް ކަނޑޫދޫ މިރުސް ލިބެން ހުރީ 65ރ. އަށެވެ. އިއްޔެ ލިބެން ހުރީ 75ރ. އަށެވެ. އެހެންކަމުން މިހާރު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ވަނީ 1200ރ އިން 650ރ. އަށް ހެޔޮވެފައެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް