ބުދަ ދުވަހު ހަވީރު 04:15 ހާއިރު ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހަމަނުޖެހުން ހިނގާފައި ވަނީ ބާޒާރުމަތީގައި ބިދޭސީއަކާއި ދިއްވެސަކާ ދެމެދު ކަމަށާއި އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ޓްރެފިކް ފުލުހުން މަސައްކަތް ކުރުމުން، ފުލުސް މީހާ ގައިގައި ޖަހާ މާރާމާރީ ހިންގަން މަސައްކަތް ކުރުމުން އެ ދެ މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ދިވެހި މީހާގެ އަންގަމަތިން ކޮންމެވެސް ވަރަކަށް ލޭ ވެސް އައިސްފައި ހުރި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ދިވެހި ފިރިހެން މީހާއަކީ އުމުރުން 46 އަހަރުގެ މީހެކެވެ. އަދި ބިދޭސީ މީހާއަކީ އުމުރުން 24 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.