ކ. މާލެ
|
9 މެއި 2019 | ބުރާސްފަތި 00:40
ކަޅުވަކަރު މިސްކިތުގެ ބައެއް ބައިތަކަށް ފަރުވާދެނީ
ކަޅުވަކަރު މިސްކިތުގެ ބައެއް ބައިތަކަށް ފަރުވާދެނީ
ރާއްޖެ އެމްވީ
ކަޅުވަކަރު މިސްކިތް
ކަޅުވަކަރު މިސްކިތް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފި
ކަޅުވަކަރު މިސްކިތް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރީ އެކަށީގެންވާ ތަރުހީބެއް ނުލިބުމުން

މާލޭ ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފި އެވެ. 

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އެދިލެއްވުމުގެ މަތިން، މާލޭ ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަނެއްކާވެސް އިއުލާންކުރާކަމަށް ފިނޭންސް މިނިސްޓްރރީން ބުންޏެވެ. 

ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000 ރުފިޔާ ދައްކަންޖެހެ އެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށް އިއުލާންގައި ބުނެފައިވެއެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ، މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށެވެ. އަދި 30 މާރިޗު 2019 އިން ފެށިގެން މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށްކަމަށްވެސް ފިނޭންސުން ބުނެ އެވެ. 

ކަޅުވަކަރު މިސްކިތް އަލުން ސަލްޓަންޕާކު ސަރަޙައްދުގައި ބަހައްޓަން ނިންމާފައި ވަނީ އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެހެން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާ ވެސް އެކުއެވެ. ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައިފައި ހުރި، ފާރުތައް ހިރިގަލުން ހަދައި، ބިންވަޅު ނަގައިފައި ހުރި މިސްކިތެކެވެ.

މި މިސްކިތުގައިވާ ހިރިގަލުތަކުގައިވާ ލިޔުންތަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1179 ވަނަ އަހަރުން ފެށިގެން 1799 ވަނަ އަހަރާ ހަމައަށެވެ. އެހެންކަމުން މި މިސްކިތަކީ 200 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ ތަރިކައެކެވެ.

 

- ކޮމެންޓް
9 މެއި 2019 | ބުރާސްފަތި 06:30
zareer
mi dhandivalhuga bodu sarahadheh bandhu kohffa hurumun varah dhathivey. ramazan mahu gina meehun islaamee marukazah dhaane adhi gina vaguthu heydha kuraane. male gai vehicle parku kurumakee ehaa dhathi kameh. ethan hulhuvaalaa ramadan mas nimen dhen. shukuriyya