އީރާނާއި އެމެރިކާގެ ނުތަނަވަސްކަން ބޮޑުވަމުން ދަނިކޮށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ތާވަލުކުރެވިފައިނުވާ ކުއްލި ދަތުރުފުޅެއްގައި އިރާގަށް ވަޑައިގެންފިއެވެ.
ވެރިރަށް ބަޣްދާދުގައި މަޑުކޮށްލެއްވި ހަތަރު ގަޑިއިރުގެ ތެރޭ ޕޮމްޕެއޯވަނީ އިރާގުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ބަރލިންއަށް ކުރެއްވުމަށް އޮތް ދަތުރުފުޅު ކެންސަލް ކުރައްވާފައެވެ.
މި ދަތުރުފުޅުކުރައްވާފައި މިވަނީ އެމެރިކާގެ މަތިންދާ ބޯޓް އުފުލާ މަނަވަރެއް އެ ސަރަހައްދަށް ފޮނުވިތާ ދެ ދުވަހެއްގެ ތެރޭގައެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި އެ މަނަވަރު ފޮނުވާފައި އެވަނީ އީރާނުގެ ފަރާތުން އެމެރިކާއަށާއި އެ ސަރަހައްދުގެ އެމެރިކާގެ ބައިވެރިންނަށް އޮތް ބިރުގެ ރައްދެއްގެ ގޮތުންނެވެ.
އެމެރިކާއިން އަންގާރަ ދުވަހު ވަނީ އެ ސަރަހައްދަށް ބީ-52 ގެ ބޮން އަޅާ މަތިންދާ ބޯޓް ފޮޮނުވާކަން ހާމަކޮށްފައެވެ.
އެމެރިކާއަށް އޮތް ކަމަށް ބުނާ ބިރުވެރިކަމާ ބެހޭގޮތުން އެ ގައުމުން ހާމަކޮށްފައި ވަނީ މަދު މައުލޫމާތެއް ކަމަށްވާއިރު އެމެރިކާގެ އެ ވާހަކަތައް އިރާނުން ދޮގު ކުރެއެވެ.
އެމެރިކާގެ މަތިންދާ ބޯޓް އުފުލާ އަސްކަރީ މަނަވަރު، ޔޫއެސްއެސް އަބްރަހަމް ލިންކަން ފުރުވާލުމަށް ފަހު އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވީ " އެމެރިކާއިން މަސައްކަތް ކުރަމުން ދަނީ އެތައް އުނދަގޫ ތަކަކާއި އަދި ހަނގުރާމައެއް ފެށިދާނެކަމުގެ ނިޝާންތަކާއި އިންޒާރު ލިބުމުން" ކަމަށެވެ.
ޕޮމްޕެއޯގެ ދަތުރުފުޅުގައި އިރާގުގެ ބޮޑުވަޒީރު މައިކް ޕޮމްޕެއޯ ވަނީ އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް-މަހްދީއާ ބައްދަލު ކުރައްވާފައެވެ.
ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޮމްޕެއޯ ވަނީ އެ ދަތުރުފުޅާ އީރާނާ ދެމެދު އުފެދެމުންދާ ނުތަނަވަސްކަމާ ގުޅުން އޮތް ކަމަށް ވިދާޅުވެފައެވެ.
ޕޮމްޕެއޯ ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވީ އީރާގުގެ ލީޑަރުންނާ ބައްދަލުކުރައްވައި އެ ގައުމަކީ މިނިވަން އިސްތިގުލާލެއް އޮތް ގައުމެއްކަން ކަށަވަރު ކޮށްދޭން ކަމަށެވެ.
މީގެ އިތުރުން ޕޮމްޕެއޯ ވިދާޅުވީ ހަކަތައިގެ ވިޔަފާރީގައި އިރާގުން އީރާނަށް ބަރޯސާވުން ކުޑަކުުރުމަށް ވެސް ބޭނުންފުޅުވާ ކަމަށެވެ.