Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 23:39
ޝަމާއު ޝަރީފް: ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވޭ
ޝަމާއު ޝަރީފް: ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވޭ
ރާއްޖެއެމްވީ
ޝަމާއުގެ ޚިތާބު
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
މާލެ ސިޓީ ކައުންސިލްއަށް ބަލާއިރު، ކޮންމެ 4 ވަރަކަށް މުވައްޒަފަކަށް ހުރީ މޭޒަކާއި ކޮމްޕިއުޓަރެއް
ދެމުން އައި ޚިދްމަތްތައް 27 ކަމަކުން 7 ކަމަކަށް ވަނީ މަދުކޮށްފައިވާ

މިހާރު މިއޮތް ސަރުކާރަކީ ލާމަރު ކަޒީ ނިޒާމުން ޤައުމު ހިންގުމަށް ސީދާ ދެކޮޅު ސަރުކާރެއް ކަމަށާއި މިނިޒާމް ދެމެހެއްޓުމަށްޓަކައިވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ކެނޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު ޝަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލް މާފަންނު ހުޅަނގު ދާއިރާ ކައުންސިލަރުގެ އިތުރުން ލޯކަލް ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑުގައިވެސް އިންނަވާ ޝަމާޢު ޝަރީފް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މިއަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނެރުއްވި ބަޔާނެއްގައެވެ.

ޝަމާއުޤުގެ ބަޔާނުގައި ވިދާޅުވެފައިވަނީ މިއަދު މާލެ ސިޓީ ކައުންސިލް އަށް ދިމާވެފައިވާ ހާލަތަށް ބަލާއިރު، ކޮންމެ 4 ވަރަކަށް މުވައްޒަފަކަށް ހުރީ މޭޒަކާއި ކޮމްޕިއުޓަރެއް ކަމަށާއި ކައުންސިލަރުން މޭޒެއް ގޮނޑިއެއް ނެތި ދޮޅު އަހަރަށްވުރެ ގިނަ ދުވަސް މިހޭދަކުރެވުނީ ކަމަށެވެ. އަދި ޤާނޫނުން ލިބިފައި އޮތް ބާރުތައް ހަނިކުރެވިފައިވާ ކަމަށާއި  ދެމުން އައި ޚިދްމަތްތައް 27 ކަމަކުން 7 ކަމަކަށް މަދުކޮށްފައިވާކަމަށް ޝަމާޢު ވިދާޅުވިއެވެ.

ޝަމާޢު ވިދާޅުވި މިކަން ކަމަކީ މިސަރުކާރުން ކޮށްފައިވާ ކަންކަން ކަމަށާއި މިރާއްޖޭގައި މިހާރު ވެރިކަންކުރަމުން ދާ ސަރުކާރަކީ ލާމަރުކަޒު ކުރުމާއި ސީދާ ދެކޮޅު ސަރުކާރެއް ކަމަށެވެ.

ޝަމާޢު ވިދާޅުވީ ސަރުކާރުން ކައުންސިލްގައި އެދުނު ހުރިހާކަމެއްގައި މިހާތަނަށް އެއްބާރުލުން ދީފައިވާނޭ ކަމަށާއި  އެހެން ނަމަވެސް، ލާމަރުކަޒީ ވިސްނުން ނެތް، އެކަމާ ސީދާ ދެކޮޅު ބައެއްގެ ކިބައިން ފެންނާނެ ކަންކަން މިއަދު މާލެ ސިޓީ ކައުންސިލަށް ކުރިމަތިކުރުވި ކަންކަމުން އެނގިގެންދާކަމަށެވެ.

ޝަމާއުގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވީ މަރުކަޒީ ނިޒާމުން ހިންގަމުން އައި ޒަމާން ވޭތުވެއްޖެ ކަމަށާއި ކަތީބުން ލައިގެން މާލޭގައި ފިނިކޮޓަރީގައި ތިއްބަވާ ވަކިބަޔަކު ޤައުމުގެ ހުރިހާ ކަމެއް ކުރާ ނިޒާމަށް ދިވެހިން ނޫނެކޭ ބުނެފި ކަމަށެވެ.

މިހާރު މިއޮތް ސަރުކާރަށް އިޝާރާތް ކުރައްވާ ޝަމާއު ވިދާޅުވީ މާތް ﷲ ގެ އިރާދަފުޅުން އަނިޔާވެރިކަން ނިމިގެންދާނެ ކަމަށާއި  ޚުދުމުޙްތާރު ވެރިކަންވެސް ނިމިގެންދާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބަކީ ދިވެހިރާއްޖެ ސަލާމަތްކުރުމަށާއި ލާމަރުކަޒީ ނިޒާމް ދިފާއުކޮށް ހިމާޔަތްކުރުމަށް އޮތް މުހިއްމު ފުރުސަތެއް ކަމަށެވެ. އެހެންކަމުން މިސަރުކާރުގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ، ރައްޔިތުން ބާރުވެރިކުރުވުމަށް އެމްޔޫއޯ ގެ ކެންޑިޑޭޓުންނަށް ހުރިހާ ރައްޔިތުންވެސް ވޯޓް ދެއްވުމަށް ޝަމާއު ވަނީ އިލްތިމާސް ކުރައްވާފައެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް