ކ. މާލެ
|
7 މެއި 2019 | އަންގާރަ 10:55
ރޮއިޓާސްގެ ދެ ނޫސްވެރިން.
ރޮއިޓާސްގެ ދެ ނޫސްވެރިން.
ރޮއިޓަރސް
ރޮއިޓާސް
ހައްޔަރު ކުރި ރޮއިޓާސް ގެ ދެ ނޫސްވެރިން މިނިވަންކޮށްފި
ދެ ނޫސްވެރިން ދޫކޮށްލާފައިވަނީ އެމީހުން ހައްޔަރު ކުރިތާ 500 ދުވަސް ފަހުން

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން 2017 ގައި ހިންގި އަނިޔާތަކާ ގުޅޭ މައުލޫމާތު ހޯދުމުގައި ސަރުކާރުގެ ސިއްރުތައް ހިފެހެއްޓުމުގެ ގާނޫނާ ޚިލާފުވެފައި ވާތީ ކަމަށް ބުނެ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަލަށް ލާފައިވާ ރޮއިޓާސްގެ ދެ ނޫސްވެރިން މިނިވަން ކޮށްފިއެވެ. 

ރޮއިޓާސްގެ ދެ ނޫސްވެރިން ދޫކޮށްލާފައި ވަނީ އެމީހުން ހައްޔަރު ކުރިތާ 500 ދުވަސް ފަހުންނެވެ.  އެދެ ނޫސްވެރިން ހަތްއަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.

ޖަލަށްލާފައި ވަނީ ރޮއިޓާސްގެ ދެ ނޫސްވެރިން ކަމުގައިވާ ވަ ލޯން، 32، އާއި ކިޔޯ ސޮއެ އޫ، 27، އެވެ. 

އަންގާރަ ދުވަހު މިޔަންމާގެ ރައީސް ވަނީ އެ ދެ ނޫސްވެރިންނަށް މައާފު ދެއްވާފައެވެ. 

ދެ ނޫސްވެރިން ހައްޔަރުކުރި ދުވަސްވަރު އެ ދެ ނޫސްވެރިން މަސައްކަތް ކުރަމުން ދިޔައީ ރާހިން ސްޓޭޓްގެ އަވަށެއްގައި މިޔަންމާ ސިފައިން މަރާލި 10 ކުޑަކުދިން މަރާލި މައްސަލައެއްގެ ހަގީގަތް ހޯދުމަށެވެ.

އެމައްސަލައާއި ގުޅިގެން މިޔަންމާ ސިފައިން ވެސް މައްސަލަ ތަހުގީގު ކުރިއެވެ. އަދި 10 ކުޑަކުދިން މަރާލީ އެގައުމުގެ ސިފައިން ކަމަށް ފަހުން އެއްބަސް ވިއެވެ.

- ކޮމެންޓް