މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
އެގޮތުން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ޖޫން މަހުގެ 02 ވަނަ ދުވަހާ ހަމަޔަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.30 އިން މެންދުރު 12:00 އަށެވެ.
މާލޭގައި ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީގެ މެއިން ހޯލުންނެވެ.
ހުޅުމާލޭގައި ޒަކާތް ބަލައިގަންނާނީ އެ އަވަށު ކޮމިއުނިޓީ ސެންޓަރުން ކަމަށާއި، ވިލި މާލޭގައި ޒަކާތް ބަލައިގަންނާނީ ވިލިމާލޭ ޔުނިޓުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ރަށްރަށުގައި ޒަކާތް ބަލައިގަންނަނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.