Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 23:31
އަޝްރަފް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިސްބޭފުޅެއް
އަޝްރަފް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިސްބޭފުޅެއް
ޓްވިޓަރ
ޝުމްބާގެ ޝަރީއަތް
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މާޗް، 2016 ގައި
ޝުމްބާ އަށް ޖަލުގައި އަނިޔާކުރޭ

ބިރުދެއްކުމުގެ ކުށުގެ ދައުވާކޮށް، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ އަހަރެއްހާ ދުވަސް ފަހުން ހޯމަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

 

އަޝްރަފްގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމުގެ ކުށުގެ ދައުވާ އެވެ. 2015 ވަނަ އަހަރުގެ އޮކްޓޯބަރުގައި އުފުލި ދައުވާގައި ބުނާ ގޮތުން، އަޝްރަފް ބިރު ދައްކާފައިވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ނިޔުޕޯރޓް ރެސްޓޯރެންޓް ހިންގާ ޒާހިދު ރަމީޒު އަށެވެ.

 

އެ ދައުވާގެ ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް އަޑުއެހުމެއް ތާވަލުކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ.

 

އަހަރެއްހާ ދުވަސް ފަހުން ހޯމަ ދުވަހުގެ މެންދުރު 1:00 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންނާނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނެގުމެވެ.

 

މިދިޔަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޒާހިދު ވަނީ، އޭނާ އަށް ވައިބާ އާއި އެސްއެމްއެސް މެދުވެރިކޮށް އަޝްރަފް މަރުގެ އިންޒާރު ދީފައިވާ ކަމަށް ހެކި ބަސް ދީފަ އެވެ.

 

ޝަރީއަތް ނިމެންދެން ބަންދުގައި އަޝްރަފް ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، ބަންދުގައި ބަހައްޓައިގެން އަޝްރަފް އަށް އަނިޔާކުރަމުންދާ ކަމަށް ބުނާ މައްސަލަތަކެއް އިންޓަގްރިޓީ ކޮމިޝަނާއި، އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގެ ތަހުގީގު ނިންމައި އަދި މިހާތަނަށް މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް