ހުޅުމާލޭގައި ހޯމަ ދުވަހު އެމްޓީސީސީގެ ބަހެއް އެކްސިޑެންޓްވެ ޔޫކްރެއިންގެ 31 އަހަރުގެ އަންހެނެއް މަރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލޭ ފިތުރޯނުމަގު ފިއުލްސަޕްލައި ސްޓޭޝަން ކައިރީ ހެނދުނު 6:37 ހާއިރު ހިނގި މި ހާދިސާ ހިނގާފައިވަނީ ބަސް ޑްރައިވަރަށް ނިދިގެން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެއެވެ.
ޔޫކްރެއިންގެ އަންހެން މީހާ މަރުވެފައިވަނީ އޭނާ ހިނގާފައިދަނިކޮށް އޭނާގެ ގައިގައި ބަސް ޖެހި ބަހުގެ ދަށުވެގެންނެވެ.
ބަސް ދުއްވި މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދިވެހި ފިރެހެނެކެވެ.
އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.