މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ސަރުކަރުން އޭނާ އައްޔަން ކޮށްފައިވާ ހުރިހާ ބޯޑަކުން އިސްތިއުފާ ދެއްވައިފިއެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސްކަން ވެސް ކުރައްވާ ޖަނާހު ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކުން އިސްތިއުފާ ދެއްވާފައި ވަނީ އާދިއްތަ ދުވަހު އެވެ.
ޖަނާހު ހިމެނިވަޑައިގަންނަވާ ބޯޑުތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑާއި މޯލްޑިވްސް ބިލްޑިންގް އެންޑް ކޮންސްޓްރަކްޝަން ބޯޑު އަދި ދާދި ފަހުން އެކުލަވައިލި މުސާރަ އާއި އުޖޫރައާ ބެހޭ ގޮތުން ލަފާދޭ ބޯޑެވެ.
ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ޖަނާހް ވިދާޅުވެފައި ވަނީ އެއްވެސް ސރުކާރެއްގައި ބޯޑުތަކަށް ލައްވަނީ އޭނާ އެކަން ކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިގެން ނޫން ކަމަށާއި އެފަދަ ކަންކަން ގަބޫލުކުރައްވަނީ ރައްޔިތުންނާއި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ކަމަށެވެ. އަދި ބޯޑުތަކުން އިސްތިއުފާ ދެއްވީ އަމިއްލަ ވިޔަފާރިއަށް ސަމާލުކަން ދެއްވުމަށް ކަމަށް ވެސް ޖަނާހް ވިދާޅުވެފައި ވެއެވެ.
މިހާރު ވެސް ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެންއޭސީއައި)ގެ ރައީސްގެ ގޮތުގައި ހުންނެވި ޖަނާހު ބޯޑްތަކުން އިސްތިއުފާ ދެއްވާފައި މި ވަނީ އެންމެ ކުޑަ މުސާރަ ކަނޑައެޅުމަށް ލަފާދޭ ބޯޑުގައި އޭނާ ހެމެނުއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. ޖަނާހް ފާހަގަކުރެއްވީ ކޮންމެ ވެރިކަމެއް އޮތް ނަމަވެސް އެ ސަރުކާރަކާ ގާތް ގުޅުމެއް ބާއްވަވާ ވިޔަފާރިވެރިއެއްގެ ގޮތުގައެވެ. އެ ގޮތުން ނިމިގެންދިޔަ ސަރުކާރާ ވެސް ޖަނާހްގެ ގުޅުން ވަރަށް ރަނގަޅުކަން ފާހަގަކުރެވިފައިވެއެވެ.