އައްޑޫސިޓީގެ މަރަދޫއާ ކައިރީގައި އޮންނަ ހަންކެޑެ އިން މިނިކަށިތަކެއް ފެނިއްޖެއެވެ.
އައްޑޫ ސިޓީ ހަންކެނޑަ ( ފަޅުރަށެއް) ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު މި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ 15:45 އެހައިކަށްހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވާ ގޮތުން މި ކަށިތަކަކީ ވަރަށް ގިނަދުވަސްވެފައިވާ ކަށިތަކެއް ކަމަށް ބެލެވެއެވެ. ހަންކެޑެއިން ކަށިފެނުނު ސަރަހައްދަކީ ކުރީން މީހުންވަޅުލައި އުޅުނު ތަނެއް ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން މިކަން އިތުރަށް ބަލާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެއެވެ.