Advertisement
ކ. މާލެ
|
4 މެއި 2019 | ހޮނިހިރު 07:14
ދިވެހި ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސިފަ އުފާ 2019 ޝޯގެ ތެރެއިން
ދިވެހި ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސިފަ އުފާ 2019 ޝޯގެ ތެރެއިން
މުހައްމަދު ޝަރުހާން
ސިފަ އުފާ ޝޯވ 2019
ސިފަ އުފާ ޝޯގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވައިފި
ސިފައިންގެ ޚިދުމަތް ފަށާފައި ވަނީ މީލާދީން 1892 ގައި
މަރްޙޫމް މޭޖަރ އާޠިފްގެ ހަނދާން އާ ކޮށްފައިވޭ

ދިވެހި ސިފައިންގެ 127 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ "ސިފަ އުފާ ޝޯ"ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްދު ޞާލިޙުގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
ކަޅުތުއްކަލާކޮށީގައި ބޭއްވި ޝޯވްގައި ސިފައިންގެއަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރްޙޫމް މޭޖަރ އަޙްމަތު އާޠިފްގެ ހަނދާން އާކޮށް ޚާއްޞަ ރިޕޯޓެއް ގެނެސް ދިނުމުގެ އިތުރުން މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ މަޝްހޫރު ބައެއް ފަންނާނުންގެ ހުށައެޅުންތައް އެ ޝޯއިން ފެނިގެން ގޮސްފައި ވެއެވެ.

ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ހުސްވި އޭޕްރިލް މަހުގެ ތެރޭގައި ސިފައިންގެ ފޮޓޯ މައުރަޒަކާއި ކުޑަކުދިންގެ ހަވީރުގެ އިތުރުން ޝަރަފުގެ ހިނގާލުމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސިފަ އުފާ ޝޯ ފެށިގެން ގޮސްފައި ވަނީ ސިފައިންގެ އެކި ޚިދުމަތްތައް ދައްކުވައި ދޭ ގޮތަށް ކުޑަ ކުދިންތަކެއް ހުށަހަޅައިދިން އައިޓަމަކުންނެވެ.

ދިވެހި ސިފައިންގެ ޚިދުމަތް ފަށާފައި ވަނީ މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21ވަނަ ދުވަހުއެވެ.

މިއަހަރުގެ ސިފައިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "އަސްކަރީ އުސޫލް ނެގެހެއްޓުން، ސަފުތަކުގެ ތަރުތީބު ދެމެހެއްޓުން" މި ޝިއާރެވެ.
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް