Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 16:47
ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ މާންދޫ އިން އުފައްދާފައިވާ މަސްދަޅެއް ދައްކާލަނީ --
ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ މާންދޫ އިން އުފައްދާފައިވާ މަސްދަޅެއް ދައްކާލަނީ --
މުހައްމަދު ޝަރުހާން
ފިޝަރީޒް
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
ފެއާ ޓްރޭޑް ލޯގޯޖެހި މަހުން، އެ މަސް ވިއްކި މަސްވެރިޔާއަށް ގަތް އަގުގެ ތިން ޕަސެންޓް ލިބޭނެ
މިއީ އެމްއެސްސީ ސެޓްފިކެޓާއި ފެއާރޓްރޭޑް ސެޓްފިކޭޓް ލިބުނު ދުނިޔޭގެ ފުތަރަމަ ކުންފުނި

މެރިން ސްޓެވާރޑްޝިޕް ކައުންސިލް (އެމްއެސްސީ) ސެޓްފިކޭޓާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ވެއްޖެ އެވެ.

 

އާދިއްތަ ދުވަހު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އެމްއެސްސީ ސެޓްފިކެޓާއެކު ފެއާ ޓްރޭޑް ސެޓްފިކޭޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަކީ މާންދޫ ފިޝަރީޒް ކުންފުނި ކަމަށެވެ. އެހެންކަމުން މިއީ ރާއްޖެއަށާއި މަސްވެރިންނަށްވެސް އެތައް ގޮތަކުން ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ޝައިނީ ވިދާޅުވި އެވެ.

 

ޝައިނީ ވިދާޅުވީ މީގެކުރިން އެމްއެސްސީ ސެޓްފިކޭޓް ލިބުނުއިރު، ކަނޑުމަހަށް އެ ސެޓްފިކެޓް ލިބުނު ފުރަތަމަ ގައުމަށް ރާއްޖެ ވާނެ ކަމަށާއި އަދި އަލަށް މި ލިބުނު ފެއާޓްރޭޑް ސެޓްފިކޭޓް ލިބުމުން ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖެ އެއް ދަރަޖަ މައްޗަށް ޖެހިލައިފި ކަމަށެވެ. މިއީ މި ދެ ސެޓްފިކޭޓްގެ ލޯގޯއާއެކު ދުނިޔޭގައި ދަޅު މަސް އެކްސްޕޯޓް ކުރެވޭ ފުރަތަމަ ގައުމު ކަމަށެވެ.

 

އެމްއެސްސީ ސެޓްފިކެޓަކީ ބޮޑަށް ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރާ ފަރާތްތަކަށް ދޫކުރާ ބައިނަލް އަގްވާމީ ސެޓްފިކެޓެ ކެވެ.

 

ފެއާ ޓްރޭޑް ސެޓްފިކޭޓަކީ އިޖުތިމާއީ ކަންކަމަށް ބޮޑަށް ބެލިވިގެން ދެވޭ ސެޓްފިކެޓެކެވެ. އެގޮތުން މަސް ފެކްޓަރީގެ މުވައްޒަފުންގެ ދިރިއުޅުމުގެ ހާލަތާއި ފެކްޓަރީގެ ހާލަތާއި މަސްވެރިކަން ކުރުމުގައި ގެންގުޅޭ އުސޫލްތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި ގަވާއިދާ އެގޮތަށް މަސްވެރިކަން ކުރާ ފަރާތްތަކުގެ މަސް އެކްސްޕޯޓު ކުރުމުގެ ގޮތުން ދެވޭ ސެޓްފިކޭޓެކެވެ.

 

ފެއާ ޓްރޭޑް ލޯގޯ ޖަހައިގެން އެކްސްޕޯޓް ކުރާ މަހުން، އެމަސް ގަންނަ އަގުގެ އިތުރު ތިން ޕަސެންޓް އެ މަސްވިއްކި މަސްވެރިޔާއަށް ލިބޭނެ ކަމަށް މާންދޫ ފިޝަރީޒުން ބުނެއެވެ. އެކަން ކުރުމުގައި އިދާރީ ގިނަ ކަންކަން ކުރަންޖެހޭ ކަމަށް ވެސް މާންދޫއިން ބުނެއެވެ.

 

މާއްދޫއިން މިވަގުތު ފެއާރޓްރޭޑް ލޯގޯ ޖަހައިގެން މަސްބޭރުކުރަމުން ދަނީ ލ. އަތޮޅުގެ ތިން ރަށަކުން ގަންނަ މަހެވެ. އެއީ ގަމާއި ކުނަހަންދޫ އަދި ހިތަދޫގެ މަސްވެރިން ބާނާ މަސްކަމަށް މާއްދޫއިން ބުނެއެވެ. ނަމަވެސް މި ސްކީމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މަސްވެރިންނަށް ވެސް އެފުރުސަތު ހޯދާދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މާންދޫއިން ބުނެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް