ކ. މާލެ
|
1 މެއި 2019 | ބުދަ 22:13
ޖައޭޝް-އީ-މުހައްމަދުން ޖަމާއަތުގެ ލީޑަރު މައްސޫދު އަޒްހަރް
ޖައޭޝް-އީ-މުހައްމަދުން ޖަމާއަތުގެ ލީޑަރު މައްސޫދު އަޒްހަރް
އިންޑިއަން އެކްސްޕްރެސް
ޖައޭޝް-އީ-މުހައްމަދުން ޖަމާއަތް
މައްސޫދް އަޒްހަރް ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅައިފި
މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން މައްސޫދު ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅަން މަސައްކަތް ކޮށްފައިވޭ، ޗައިނާއިން އެޅީ ހުރަސް
ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައެޅުނީ ޗައިނާއިން އެކަމަށް ކުރިމަތި ކުރި ހުރަސްތައް ނައްތާލުމުން

ޗައިނާއިން އދ.ގެ ސަލާމަތީ މަޖިލިހުގައި ކުރިމަތި ކުރަމުން ދިޔަ ހުރަސްތައް ނައްތާލުމާ އެކުގައި، ޕާކިސްތާނުގެ ޖައޭޝް-އީ-މުހައްމަދުން ޖަމާއަތުގެ ލީޑަރު މައްސޫދު އަޒްހަރަކީ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އިންޑިއާގެ ބެލުމުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕުލްވަމާގައި، އެ ގައުމުގެ ސިފައިންނަށް ދިން ހަމަލާގެ ޒިންމާ އަޅުވާފައިވާ ޖައޭޝް-އީ-މުހައްމަދުން (ޖޭއީއެމް) ޖަމާއަތުގެ ލީޑަރު މައްސޫދު ބައިނަލްއަގްވާމީ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައެޅީ، ސަލާމަތީ މަޖިލީހުގެ 1267 ސެންކްޝަންސް ކޮމިޓީއަށް ލިބިދޭ އިހްތިޔާރުގެ ދަށުންނެވެ.

މައްސޫދާ ދެކޮޅަށް އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި އޭނާގެ ހުރިހާ ފައިސާއާއި މުދާ ހިފަހައްޓާ، ދަތުރުފަތުރު ކުރުމާއި ހަތިޔާރު ގެންގުޅުން މަނާކޮށްފައިވެއެވެ. ޖޭއީއެމްއަކީ ކުރިން ވެސް އދ.އިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމިއްޔާއެކެވެ.

މައްސޫދަކީ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، އިންޑިއާގެ ފޮރިން ސެކެޓްރީ ވިޖޭ ގޯހާލް ސަލާމަތީ މަޖިލީހުގައި ހިމެނޭ މެމްބަރު ގައުމުތަކާ ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. މި މަޝްވަރާތައް ކުރެއްވުމަށް ގޯހާލް ވަނީ ވޮޝިންޓަންއާއި ބެއިޖިންގއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސްވިލާތް ގުޅިގެން މި ފަހުން މައްސޫދު ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅަން ކުރި މަސައްކަތް ނާކާމިޔާބުވެފައި ވަނީ އެކަމާ ޗައިނާއިން ދެކޮޅު ހެދުމުންނެވެ. ޗައިނާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ހައްގު ލިބިފައިވާ ދާއިމީ މެމްބަރެކެވެ.

ފާއިތުވެ ދިޔަ ދިހަ އަހަރުގެ ތެރޭގައި މައްސޫދު ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅަން ތިން ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން 2009، 2016 އަދި 2017 ގައި މައްސޫދު ބައިނަލްއަގްވާމީ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅަން ފާސްކުރި ހުށައެޅުންތައް ޗައިނާއިން ވަނީ ވީޓޯ ކޮށްލާފައެވެ.

- ކޮމެންޓް