ކ. މާލެ
|
1 މެއި 2019 | ބުދަ 07:52
ލ. އަތޮޅުގެ ބޮޑު މަގު
ލ. އަތޮޅުގެ ބޮޑު މަގު
މުހައްމަދު ޝަރުހާން
ހެލްމެޓު އެޅުން ލާޒިމުކުރުން
ހައްދުންމަތީ ލިންކް ރޯޑްގައި ހެލްމެޓް ނާޅާ ފަރާތްތައް ބަލަމުން ގެންދާނެ: އަތޮޅު ކައުންސިލް
ރޭ 12:00 ފެށިގެން ހައްދުންމަތީ ބޮޑުމަގުގައި 30 ކިލޯމީޓަރަށް ވުރެން ބާރަށް ދުއްވާ ނަމަ ހެލްމެޓް އަޅަން ޖެހޭ

ލ. ލިންކް ރޯޑްގައި ހެލްމެޓް ނާޅާ ފަރާތްތައް ފުލުހުން ބަލަމުންދާނެ ކަމަށް އަތޮޅު ކައުންސިލުން ބުނެފިއެވެ.

އަންގާރަ ދުވަހު ލ. އަތޮޅު ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރޭ 12:00 އިން ފެށިގެން ހައްދުންމަތީ ބޮޑުމަގުގައި 30 ކިލޯމީޓަރަށް ވުރެން ބާރަށް ދުއްވޭ ސަރަހައްދުތަކުގައި ހެލްމެޓް އަޅާތޯ ޓްރެފިކް ފުލުހުން ބަލަމުން ދާނެ ކަމަށެވެ. 

މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލޭގައި 30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވަން ހުއްދަ ދީފައިވާ ތަންތަނުގައި ހެލެމެޓް އަޅަން މަޖުބޫރުކޮށްފައެވެ. އަދި މާލެއާ ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖު ހުރަސްކުރާ ދެ ފުރޮޅުލީ އުޅަނދު ތަކުގައި ދަތުރުކުރާ ފަރާތްތައް ހެލްމެޓް ބޭނުން ކުރުމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މަޖުބޫރުކޮށްފައެވެ. 

- ކޮމެންޓް