ކ. މާލެ
|
1 މެއި 2019 | ބުދަ 10:38
ންޑޮނޭޝިއާގެ ވެރިކަން ކުރާ ސިޓީ، ޖަކާޓާ
ންޑޮނޭޝިއާގެ ވެރިކަން ކުރާ ސިޓީ، ޖަކާޓާ
ޓްވިޓަރ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާގެ ވެރިކަން ކުރާ ސިޓީ ބަދަލުކުރަން ނިންމައިފި
މުއައްޒަފުން ބަދަލު ކުރުމަށް އެކަނި ވެސް 33 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ

އިންޑޮނޭޝިއާގެ ވެރިކަން ކުރާ ސިޓީ، ޖަކާޓާގެ ބަދަލުގައި އެހެން ސިޓީއެއްގައި ވެރިކަން ކުރަން ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ޕްލޭނިންގ މިނިސްޓަރު ބަންބަންގ ބްރޮޖޮނެގޯރޯ ވިދާޅުވެއްޖެއެވެ. 

ޕްލޭނިންގ މިނިސްޓަރު ބަންބަންގ ބްރޮޖޮނެގޯރޯ ވިދާޅުވީ ވެރިކަން ކުރާ ސިޓީ ބަދަލުކުރަން ނިންމާފައިވަނީ ހޯމަ ދުވަހު އެގައުމުގެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވެއްގައި ކަމަށެވެ. 

ބަންބަންގ ވިދާޅުވީ ވެރިކަން ކުރާ ސިޓީ ބަދަލު ކުރަން ނިންމި ކަމުގައި ވިއަސް އަދި އެއީ ކޮން ސިޓީއެއް ކަމެއް ނުނިންމަވާ ކަމަށެވެ. އަދި އާ ސިޓީއެއްގެ ހުރިހާ ސަރުކާރުގެ ޚިދުމަތްތައް ބަދަލު ކުރުމަށް ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަމަށް ބޮޑު ހޭދައެއް ދާނެ ކަމަށެވެ. ގާތްގަނޑަކަށް މުއައްޒަފުން ބަދަލު ކުރުމަށް އެކަނި ވެސް 33 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ ވެރިކަން ކުރާ ސިޓީ ބަދަލުކުރަން ނިންމުމުން އެކި ސިޓީތަކުން ދަނީ ހުށައެޅުންތައް ހުށައަޅަމުންނެވެ. 

ވެރިކަން ކުރާ ސިޓީ އެހެން ސިޓީއަކަށް ބަދަލު ކުރަން ނިންމާފައި ވަނީ އެ ސިޓީގައި ތޮއްޖެހުމާއި އެކަށީގެންވާ އަދަދަކަށް ސާފު ބޯފެން ނެތުމާއި ތިމާވެށީގެ މައްސަލަތައް ދިމާވެފައި ވާތީ ކަމަށް އެގައުމުން ބުނެއެވެ. 

މީގެ ކުރިން 2010 ވަނަ އަހަރު ވެސް އެގައުމުގެ ވެރިކަން ކުރާ ސިޓީ އެހެން ސިޓީއަކަށް ބަދަލު ކުރުމަށް ނިންމުންތައް ނިންމުނެވެ. އެހެން ނަމަވެސް އެ ފަހަރު ވެރިކަން ކުރާ ސިޓީ ބަދަލު ކޮށްފައެއް ނުވެއެވެ. 

އިންޑޮނޭޝިއާގެ ގާތްގަނޑަކަށް 60 ޕަސެންޓް މީހުން ބޯން ބޭނުން ކުރާ ފެނަކީ ބިމުގެ އަޑިން ނަގާ ފެނެވެ. ޖަކާޓާގައި އެކަށީގެން ނުވާ މިންވަރަށް ފެން ނެގުމުގެ ސަބަބުން އެ ސިޓީގެ ފަސްގަނޑު ތަގައްޔަރުވެ ރަށް ގެނބެމުންދާ މައްސަލަ ވަނީ ކުރިމަތި ވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ސިޓީގައި ނޫޅެވޭ ވަރަށް ފެނު އަޑިއަށް ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. 

- ކޮމެންޓް