ދަރިވަރުންގެ ލޯނަށް ހުށަހެޅުމުގެ މުއްދަތު އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އިތުރުކޮށްފިއެވެ.
އެމިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 9 އިން ފެށިގެން އެންސީއައިޓީގެ ސަރވާއަށް މައްސަލައެއް ދިމާވެފައި ވާތީ އާއި އެ މައްސަލަ ހައްްލުކުރުމަށަ 24 ގަޑިއިރު ނަގާނެ ކަމަށް އެ ފަރާތުން އަންގާފައި ވާތީ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މެއި ހަތަރު ވަނަ ދުވަހުގެ މެންދުރު 1:30 އަށް އެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށް އެ ޓްވީޓުގައި ވަނީ ބުނެފައެވެ.
NCIT has resolved the issues with our student portal. You may resume completing your application by 4th May (Sat), 13:30hrs. Advise not to wait until the last minute. We apologise for the inconvenience caused.
— Ministry of Higher Education (@MoHE_MV) April 30, 2019
ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހަޔަރ އެޑިއުކޭޝަނުން ކުރިން ދީފައި އޮތީ އަންގާރަ ދުވަހުގެ މެންދުރު 1:30 އަށް ދީފައެެވެ.
އަލަށް ކިޔަވަން ފަށާ 158 ދަރިވަރުންނާއި މިހާރު ކިޔަވަމުން ގެންދާ 84 ދަރިވަރަކަށް މިފަހަރު ލޯނު ދޫކުރާނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ. ޖުމްލަ 242 ދަރިވަރަކަށް ލޯނު ދޫކުރަން އެމިނިސްޓްރީން ނިންމާފައިވާއިރު 54 މިލިއަން ރުފިޔާ އެ ލޯނުތަކަށް އަރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.