Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 14:25
ފ އަތޮޅު ރަށެއް
ފ އަތޮޅު ރަށެއް
ގޫގުލް
ފ. އަތޮޅު ވިއްކާލުން
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
ފ އަތޮޅަކީ ދެވަނަ އަށް އެންމެ ކުޑަ އާބާދީ އޮތް އަތޮޅު
މުޒާހަރާ ކުރަނީ ކަނޑުމަތީގަ
މި ހަރަކާތުގައި އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވޭ

ފ އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި އެއަތޮޅުގެ ރައްޔިތުން އެކަމާ ހިތްހަމަނުޖެހުންފާޅު ކުރުމަށް ކަނޑުމަތީގެ މުޒާހަރާކުރަން ނިންމައިފި އެވެ.

ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އުމަރު ޒާހިރު ވިދާޅުވީ އެފަދަ ހަރަކާތެއް ކުރުމަށް ރާވަމުންދާކަން އެނގޭ ކަމަށާއި އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަހު ކަމަށެވެ. މިކަން ކުރަނީ ފ އަތޮޅު ވިއްކާލުމުގެ ވާހަކަ ފެތުރިފައިވާއިރު އެކަން ހިނގާ ގޮތް އަތޮޅުގެ ރައްޔިތުންނަށް މިހާތަނަށް ސާފުކޮށްދީފައިނުވަތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަރަކާތުގައި އަތޮޅުގެ ހުރިހާ ރައްޔިތުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތް ކުރުމަށް ހަމަޖެހިފައިވަނީ ކަނޑުމަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއިން ފ. އަތޮޅު އެއްކޮށް ބޭނުންވެގެން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އަތޮޅު އެއްކޮށް ދޭން ނުވިސްނާކަމަށް އޭރު ހާމަކޮށްފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

ފ އަތޮޅު ސައުދީ އަރަބިއްޔާއަށް ވިއްކާލުމާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް އާއްމުވެފައިވާއިރު އެކަމަށް ބާރު ލިބޭ ގޮތަށް، ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ފ. އަތޮޅުގައި ހުރީ ކުދިކުދި ރަށްރަށް ކަމަށާއި އެފަދަ ކުދި ރަށްރަށުގައި ކުރިއަށް ދެވޭނެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ

ފ އަތޮޅުގާ ޖުމްލަ 23 ރަށެއް ހިމެނެ އެވެ. މިއީ ރާއްޖޭގެ އާބާދީ ދެވަނަ އަށް އެންމެ މަދު އަތޮޅެވެ.

 

މި އަަތޮޅު ވިއްކާލުން ހުއްޓުވަން ކުރެވޭނެ ކަންކަން ދެނެގަތުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް