އަންނަ އަހަރުން ފެށިގެން ހެލްތު އެންޑް ސޭފްޓީ އެވޯޑް ދޭން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓަކްޝަން އިންޑަސްޓްރީ(މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެއެވެ.
ހެލްތު އެންޑް ސޭފްޓީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޖަނާހު ވިދާޅުވީ ހެލްތު އެންޑް ސޭފްޓީ ޑޭ އާއި ހެލްތު އެންޑް ސޭފްޓީ އެވޯޑާއި ހެލްތު އެންޑް ސޭފްޓީ ކޮންފަރެންސް އަންނަ އަހަރުން ފެށިގެން ބާއްވާނެ ކަމަށެވެ.
ހެލްތު އެންޑް ސޭފްޓީ އެވޯޑު ފަސް ދާއިރާއަކަށް ބަހާލަން ހަމަޖެހިފައި ވެއެވެ.
އެ ފަސް ދާއިރާތަކަކީ:
1.ސޭފްޓީ އިނޮވޭޝަން އެވޯޑް ފޯރ ސްމޯލް ބިޒްނަސް (50 މީހުންނަށް ވުރެ ދަށް ކުންފުނިތަކަށް)
2. ސޭފްޓީ އިނޮވޭޝަން އެވޯޑް ފޯރ ލާޖް ބިޒްނަސް(50 މީހުންނަށްވުރެ ގިނަ ކުންފުނިތަކަށް)
3. ސޭފްޓީ ލީޑަރޝިޕް އެވޯޑް
4. ސޭފްޓީ ކޮންޓްރިބިއުޝަން އެވޯޑް
5. އިޔަރ އޮފް ހެލްތު އެންޑް ސޭފްޓީ އެވޯޑް
ޖަނާހު ވިދާޅުވީ ހެލްތު އެންޑް ސޭފްޓީ ކޮންފަރެންސް މިއަހަރު ފެށުނު ކަމުގައި ވިއަސް ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ ތެރޭގައި އެ ކޮންފަރެންސް ބާއްވާނެ ކަމަށެވެ. އަދި އެ ކޮންފަރެންސްގެ ސަަބަނުން އިމާރާތް ކުރުމުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.