ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 12:32
އޮސްޓްރޭލިއާ އިން ބުޅާ މަރަން ނިންމާފައި ވަނީ ވިހަ މާއްދާއެއް އެކުލެވޭ ސޮސެޖް ކާންދީގެން
އޮސްޓްރޭލިއާ އިން ބުޅާ މަރަން ނިންމާފައި ވަނީ ވިހަ މާއްދާއެއް އެކުލެވޭ ސޮސެޖް ކާންދީގެން
ގޫގުލް
އޮސްޓްރޭލިއާ - ވަގު ބުޅާ
އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
އޮސްޓްރޭލިއާ އިން ބުޅާ މަރަން ނިންމާފައި ވަނީ ވިހަ މާއްދާއެއް އެކުލެވޭ ސޮސެޖް ކާންދީގެން

އޮސްޓްރޭލިއާ އިން 2020 ވަނަ އަހަރުގެ ކުރިން ވަގު ބުޅާ މަދު ކުރުމަށް ދެ މިލިއަން ބުޅާ މަރާލަން ނިންމައިފިއެވެ.

އެ ގައުމުން ވަގު ބުޅާ މަދު ކުރުމަށް ނިންމާފައިވާ އިރު، އެކަން ކުރަން އުޅެނީ ވިހަ މާއްދާއެއް އެކުލެވޭ ސޮސެޖް ކާންދީގެންނެވެ.

މި ނިންމުމާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން އޮސްޓްރޭލިއާއަށް އަމާޒުވެފައިވާ އިރު، ސަރުކާރުން ދަނީ ނިންމުން ދިފާއު ކުރަމުންނެވެ.

އެގޮތުން، ސަރުކާރުން ބުނާ ގޮތުގައި ވަގު ބުޅާތަކުގެ ސަބަބުން އެ ގައުމަށް ނިސްބަތްވާ ހާއްސަ ބައެއް ދިރޭ ތަކެތި ވަނީ ނެތި ގޮސްފައެވެ. އެހެންކަމުން ސަރުކާރުން ދެކޭ ގޮތުގައި ވަގު ބުޅަލަކީ އެ ގައުމުގެ "ވައިލްޑްލައިފް" އަށް އޮތް ބިރެކެވެ.

ބުޅަލަކީ އޮޅުކޮށްގެން ގެންގުޅެވޭ އެއްޗަކަށްވާ އިރު، އޮސްޓްރޭލިއާގެ މި ނިންމުން ގިނަ ފަރާތްތަކެއް ސިފަ ކުރަނީ ލާއިންސާނީ ކަމެއް ގޮތަށެވެ. އަދި މިއީ ސީދާ "ގަތުލުއާންމު" ހިންގުން ކަމަށް އެ މީހުން ދެކެއެވެ.

އޮސްޓްރޭލިއާ އިން ދެ މިލިއަން ވަގު ބުޅާ މަރަން ނިންމާފައި ވަނީ ޑިޕާޓްމަންޓް އޮފް ދަ އެންވަރަމަންޓް އެންޑް އެނަރޖީން 2015 ވަނަ އަހަރު އިއުލާން ކުރި ސްޓްރެޓަޖީއާ އެއްގޮތަށެވެ. ހަތަރު ބަޔަކަށް ބެހާލެވިފައިވާ މި ސްޓްރެޓަޖީގެ ފުރަތަމަ ބަޔަކީ ގައުމުން ވަގު ބުޅާ މަދު ކުރުމެވެ. އަދި 2016 ވަނަ އަހަރު މި މަސައްކަތް ފަށާފައިވާ އިރު، އެ އަހަރު 211،560 ބުޅާ މަރާފައިވާ ކަމަށް ރިޕޯޓްތަކުގައި ވެއެވެ. ނަމަވެސް މިއަށް ވުރެ ފަހުގެ މައުލޫމާތެއް އެނގޭކަށް ނެތެވެ.

އޮސްޓްރޭލިއާ އަށް ފުރަތަމަ ބުޅާ ވަދެފައި ވަނީ 17 ވަނަ ގަރުނުގައި އެ ގައުމަށް ހިޖުރަ ކުރި އިއުރަޕްގެ މީހުން ކަމަށް ބެލެވެއެވެ. އަދި މިހާރު އެ ގައުމުގައި 20 މިލިއަނަށް ވުރެ ގިނަ ބުޅާ އުޅޭ ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ބުނެއެވެ. ނަމެވެސް މިއީ، އަސްލު އަދަދުކަން އެނގޭނެ ގޮތެއް ނެތް ކަމަށް ކަންބޮޑުވުން ފާޅު ކުރާ ފަރާތްތަކުން ފާހަގަ ކުރެވެއެވެ.

- ކޮމެންޓް
30 އޭޕްރިލް 2019 | އަންގާރަ 11:52
ދެރަ
ވަގު ބުޅާ" ކިޔާތީ ވެސ ވަރަށ ގޯސ"