Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 13:29
ބަޔަކު ހައްޔަރުކޮށްގެން ގެންދަނީ: ފުލުހުން ހޮނިހިރު ދުވަހު ވަނީ 3 ބިދޭސިއަކު ހައްޔަރުކޮށްފައި
ބަޔަކު ހައްޔަރުކޮށްގެން ގެންދަނީ: ފުލުހުން ހޮނިހިރު ދުވަހު ވަނީ 3 ބިދޭސިއަކު ހައްޔަރުކޮށްފައި
ޕޮލިސް
ހަށިވިއްކި މީހަކު ހައްޔަރު ކުރ
ގަލޮޅު ގެއަކުން ހަށިވިއްކަމުންދިޔަ މީހަކު އަތުލައިގެންފި
ހައްޔަރު ކުރީ ބިދޭސީ އަންހެނެއް

ގަލޮޅު ދަނޑު ކައިރީ ހުންނަ ގެއަކުން ހަށިވިއްކަމުން ދިޔަ ބަޔަކު ރޭ ފުލުހުން އަތުލައިގެންފިއެވެ.

ހޮނިހިރު ދުވަހުގެރޭ 9:50 ހާއިރު އެމީހުން އަތުލައިގަނެ ފުލުހުންގެ ވެހިކަލަކަށް ލައިގެން ގެންދިޔަ މަންޒަރު ރާއްޖެ އެމްވީގެ ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ.

އެ ނޫސްވެރިން ބުނިގޮތުގައި ގާތްގަނޑަކަށް 35 އަހަރުގެ އަންހެނަކާއި ދެފިރިހެނަކު ވެހިކަލްގައި ވަނީ އެގެއިން ނެރެގެން ގެންގޮސްފައެވެ. އޭގެ ތެރެއިން ދެ ފިރިހެނުންނަކީ ބިދޭސީންކަން ކަށަވަރުވެފައިވާއިރު އަންހެން މީހާއަކީ ބެލެވޭގޮތުގައި ދިވެއްސެއް ކަމަށް ރާއްޖެ އެމްވީގެ ނޫސްވެރިން ބުންޏެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މިޑިޔާ އޮފިޝަލް ވިދާޅުވީ ބަޔަކު މާރާމާރީއެއް ހިންގާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ބަޔަކު ހައްޔަރުކުރުމަށް ދިޔަ ދިއުމުގައި އެތަނުން ހަށިވިއްކާކަމަށް ތުހުމަތު ކުރެވުނު އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީޑިޔާ އޮފިޝަލް ވިދާޅުވީ ހައްޔަރު ކުރެވުނު ތިން މީހުންނަކީ ވެސް ބިދޭސީން ކަމަށާއި އޭގެތެރެއިން މާރާމާރީ ހިންގައިގެން ހައްޔަރު ކުރެވުނީ ދެ ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

ދޭތެރެ ދޭތެރެއިން ބައެއް ކުލީ ކޮޓަރިތަކުން ހަށިވިއްކަނިކޮށް މީހުން އަތުލައިގަންނަމުންދާއިރު ހޮނިހިރު ދުވަހުގެރޭ ވެސް ހަށިވިއްކަނިކޮށް އަތުލައިގެންފައިވަނީ ރެޑްހޭންޑްކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް