Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 09:23
މުހައްމަދު ޝިހާބު:
މުހައްމަދު ޝިހާބު:
އަޒުމޫން އަހުމަދު
ފ. އަތޮޅު ވިއްކާލުން
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
ފ އަތޮޅުގެ މައްސަލައަށްވުރެ ބޮޑަށް މީ ޤައުމީ މައްސަލައެއް

ރާއްޖޭގެ ޤާނޫނުއަސާސީއަށް ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ބަދަލު ގެނެސްފައިވަނީ ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މާލޭ ސިޓީގެ މޭޔަރ މުހައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޝިހާބު ވިދާޅުވީ އަޅުގަނޑުމެން ވިސްނަން ޖެހިފައި މިއޮތީ ވަރަށް ބޮޑު ކަމެއް ކަމަށާއި 2015 ވަނަ އަހަރު ޤާނޫނުއަސާސީއަށް ގެނައި ދެވަނަ އިސްލާހަކީ ދިވެހިރާއްޖޭގެ ބިން ބޭރު ފަރާތްތަކަށް މިލްކު ކުރެވޭ ގޮތައް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. ޝިހާބު މިހެން ވިދާޅުވީ ގައުމީ މަޖިލީހުގެ މެމްބަރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވި ވާހަކަފުޅަކާ ގުޅިގެންނެވެ. ގާނޫނު އަސާސީ އަށް ބަދަލު ގެނެސްފައި އޮތަސް ޝަރީފު ވިދާޅުވީ ބިން ވިއްކޭނީ ވަކިން ގާނޫނެއް ފާސްކޮށްގެން ކަމަށެވެ. 

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު މުހައްމަދު ޝައިނީ ވެސް ވިދާޅުވެފައިވަނީ ރާއްޖޭން ބިއްކަން ނޫޅޭ ކަމަށެވެ. 

ޝިހާބު ވިދާޅުވީ ޤާނޫން އަސާށީގެ 251 ވަނަ މާއްދާއަށް އިސްލާހު ގެނެވުނު ކަމަށާއި އޭގެ ފަހުން އެއިސްލާހާއެކީގައި ޤާނޫން އަސާސީއަށް މާއްދާތަކެއް އިތުރުވި ކަމަށެވެ. އެއީ 302 ވަނަ މާއްދާއިން ފެށިގެން 309 ވަނަ މާއްދާއާ ހަމައަށް 15 ވަނަ ބާބެއް އިތުރުވި އިތުރުވުން ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

"251 ވަނަ މާއްދާގައި ކުރިން އޮންނަނީ ރާއްޖޭގެ ބިމެއް އެއްވެސް ފަރާތަކަށް ކުއްޔަށްވެސް އަދި އެނޫން ގޮތަކަށްވެސް ދެވޭނީ 99 އަހަރަށޭ. އެހެންނަމަވެސް އެގެނެވުނު އިސްލާހާ ގުޅިގެން މިހާރު މިއޮތީ ރާއްޖޭގެ ބިން މިލްކު ކުރެވޭގޮތަށް. މީ ހަޤީގަތަކީ. މިކަން އެއްވެސް ބަޔަކު އޮޅުވާލައިގެން ނުވާނެ. މި ޤާނޫނުއަސާސީއަކީ އެންމެނަށް އެނގެން ޖެހޭނެ އެއްޗެއް. މީގައި މިއޮތީ ބިން މިލްކު ކުރެވޭ ގޮތަށް. އެއީ 99 އަހަރަކަށް ނޫން. އެވިދާޅުވާ ފްރީހޯލްޑް ފްރީ. ނިމުނީ އެހިސާބުން ދިވެހިރައްޔިތުންނަށް ލިބޭކަށް ނެތް ބަދަލު ދީފަކައި ނޫނިއްޔަކާ." ޝިހާބު ވިދާޅުވިއެވެ.

ޝިހާބު ވިދާޅުވީ ފ އަތޮޅު ވިއްކާލުމުގެ މައްސަލައަކީ ހަމައެކަނި އެ އަތޮޅުގެ ރައްޔިތުންނާ ގުޅޭ މައްސަލަ ނޫން ކަމަށާއި ފ އަތޮޅުގެ މައްސަލައަށްވުރެ ބޮޑަށް މީ ޤައުމީ މައްސަލައެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް