Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 04:19
ކަނޑުހުޅުދޫ ކައުންސިލްގެ ބައެއް މެމްބަރުންނާއި ދާއިރާގެ މެމްބަރު ބައްދަލުވުމެއްގައި
ކަނޑުހުޅުދޫ ކައުންސިލްގެ ބައެއް މެމްބަރުންނާއި ދާއިރާގެ މެމްބަރު ބައްދަލުވުމެއްގައި
ޓްވިޓަރ
މީރާއަށް ފޮނުވި ފައިސާ
ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި
ފައިސާ ހަވާލު ކުރިތާ 230 ދުވަސް ވީ އިރުވެސް ފައިސާ ނުދައްދާ
ފައިސާ ހަވާލުވި ފަހުން އޭނާވަނީ ކައުންސިލަރު ކަމުން އިސްތިއުފާ ދީފައި
ފައިސާ ދެއްކުމަށް އެންގުމުންވެސް ފައިސާ ނުދެއްކި

ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއިން، ކައުންސިލަރަކާ ހަވާލު ކޮށް މީރާއަށް ދެއްކުމަށް ފޮނުވި 10،800 (ދިހަހާސް އަށްސަތޭކަ) ރުފިޔާ ނުދައްކާ ކަން އެރަށު ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓްގައި ފާހަގަ ކޮށްފިއެވެ.

އޮޑިޓު އޮފީހުގެ ރިޕޯޓްގައި ވާ ގޮތުން އެ ފައިސާ އޭނާއާ ހަވާލު ކުރިތާ 230 ދުވަސް ވީއިރުވެސް މީރާއަށް ހަވާލު ކޮށްފައި ނުވާ އިރު އަނވުރާ ކައުންސިލްގެ އިދާރާއަށް ވެސް ފައިސާ ރައްދުކޮށްފައި ނުވެއެވެ.

ފައިސާ ހަވާލު ކުރެވުނު އިރު އެ ފަރާތަކީ ކައުންސިލަރެއް ކަމުގައި ވީ ނަމަވެސް ފައިސާއާ ހަވާލުވިތާ މަހެއްހާ ދުވަސް ފަހުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައި ކަމަށްވެސް އޮޑިޓު ރިޕޯޓްގައި ވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އޮޑިޓްގައި މިކަން ފާހަގަ ކޮށް މި ފައިސާ އަނބުރާ ދެއްކުމަށް އެންގުމުންވެސް ކައުންސިލްގެ އިދާރާއަށް ފައިސާ އަނބުރާ ދައްކާފައި ނުވާ ކަމަށެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ފައިސާ ހަވާލު ކުރެވުނު ފަރާތާ ފައިސާ އާ ބެހޭ ގޮތުން ސުވާލު ކުރުމުން، 230 ދުވަސް ފާއިތު ވެގެން ދިޔައިރުވެސް އެ ފަރާތާ ހަވާލު ކުރެވުނު ފައިސާ މީރާއަށް ދައްކާފައި ނުވާނެ ކަމަށާއި އަދި އަނބުރާ ކައުންސިލްގެ އިދާރާއާވެސް ހަވާލުކޮށްފައި ނުވާނެ ކަމަށް އޭނާ އޮޑިޓަރުން ގާތު ބުނެފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ކަނޑުހުޅުދޫ ކައުންސިލުން ފައިސާ ހަވާލު ކުރި އޭރުގެ ކައުންސިލަރެއްގައި ހުރި އެ ފަރާތުގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް