Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 02:45
ހިންނަވަރުގެ ރައްޔިތުން އިހުތިޖާޖަށް ނިކުމެ
ހިންނަވަރުގެ ރައްޔިތުން އިހުތިޖާޖަށް ނިކުމެ
ޓްވިޓަރ
ހިންނަވަރު ކަރަންޓް ކެނޑުން
ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި
ހިންނަވަރަސް ކަރަންޓު ފޯރުކޮށްދޭ 500 ކިލޯ ވޯލްޓުގެ އިންޖީނު ހަލާކުވެފައިވާތާ ދެ މަސް ވެއްޖެ

ހިންނަވަރުގެ ކަރަންޓު މައްސަލަ ހައްލު ނުކުރެވި ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.

ރާއްޖެ އެމްވީ އަށް މަޢުލޫމާތު ދެއްވަމުން ހިންނަވަރު ކައުންސިލްގެ ނައިބްރައީސް ގާސިމް ވިދާޅުވީ، ހިންނަވަރުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ގޮސްފައިވަނީ އެރަށުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނު ހަލާކުވުމާ ގުޅިގެން ރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފައްދާނެ ކެޕޭސިޓީ ނެތުމުން ކަމަށެވެ.

އެ ރަށަށް ކަރަންޓު ފޯރުކޮށްދެމުންގެންދިޔަ 500 ވޯޓުގެ އިންޖީނު ހާލާކުވެފައިވާތާ ދެ މަސް ވެފައި ވާއިރު، މިއަދާ ހަމައަށް ރަށަށް ކަރަންޓު ފޯރުކޮށްދެމުން ދަނީ 300 ވޯޓުގެ ބާ އިންޖީނަކާއި 200 ވޯލްޓުގެ ކުޑަ އިންޖީނެއް ބޭނުންކޮށްގެން ކަމަށް ގާސިމް ވިދާޅުވިއެވެ.

ކޮންމެ ފަނަރަ މިނެޓަކުން ކަރަންޓު ކެނޑެމުން ގޮސް އިރުއޮއްސުނު އިރު ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކަނޑާލަން ޖެހުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި 300 ވޯލްޓުގެ ބާ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ގާސިމް މަޢުލޫމާތު ދެއްވިއެވެ.

ކަރަންޓު ކެނޑިފައި ހުރިތާ ގިނައިރުތަކެއް ވާން ފެށުމުން 06:30 އެހާއިރު، ރަށުގެ ޒުވާނުން މަގުމައްޗަށާއި އިންޖީނުގެ ކައިރިއަށް އެއްވެ އިހުތިޖާޖެއް ފެށި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ 3 ގަޑިއިރުފަހުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އިންޖީނުގެއިން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ދެ އިންޖީނު ބޭނުންކުރަން ފެށިފަހުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭ ކަމަށާއި މުޅި ރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް މަދުވެގެން 500 ވޯލްޓުގެ ކަރަންޓު ބޭނުންވާއިރު، މިއިން އެއްވެސް އިންޖީނަކަށް މައްސަލައެއް ޖެހިއްޖެނަމަ ރަށުން ކޮންމެސް ސަރަހައްދަކުން ކަރަންޓު ކަނޑާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް ވަގުތީ ހައްލެއް ލިބުނު ނަމަވެސް، ހިންނަވަރުގެ ރައްޔިތުން ތިބީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އައު އިންޖީނެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް