ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ އަސާސީ ގަވާއިދުގެ ތިން އިސްލާހަކަށް ބަދަލު ގެނައުމަށް ފާސްކޮށްފިއެވެ.
މި ތިން އިސްލާހު ބަދަލު ގެނައުމަށް ފާސްކުރީ ބިލަބޮންގް އިންޓަނޭޝަލްގައި ކުރިއަށް ގެންދިޔަ އެޕާޓީގެ ކޮންގްރެސްގައެވެ.
ޕީއެންސީގެ ކޮންގްރެސް އިން އެ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެނައުމަށް ފާސްވި ތިން އިސްލާހުގެ ތެރެއިން ފުރަތަމަ އިސްލާހަކީ ގައުމީ މަޖިލިސް އެކުލަވާލުމެވެ. މި އިސްލާހުގައިވާ ގޮތުން ގައުމީ މަޖިލިސް ޕާޓީގެ ކައުންސިލެއްގެ ދަށުން އިތުރު ގުނަވަނެއްގެ ގޮތުގައި އޮތުމަށް ވަނީ ފާސްކޮށްފައެވެ.
ދެވަނަ އިސްލާހަކީ މަޝްވަރާ މަޖިލީހަށް ބަދަލު ގެނައުމެވެ. މިއިސްލާހުގައިވާ ގޮތުން ނައިބު ރައީސުންގެ އަދަދު 2 އަކުން 4 އަކަށް އިތުރުވާނެ އެވެ. އަދި ޕާލިންޓަރީ ގުރޫޕުގެ ލީޑަރު، މަޝްވަރާ މަޖިލީހުގައި ހިމެނުމުގެ އިތުރުން މަޝްވަރާ މަޖިލީހުގެ އާންމު މެމްބަރުން 20 އިން 25 އަށް އިތުރުކުރުވާނެއެވެ.
ތިން ވަނަ އިސްލާހަކީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުގެ މަގާމަކީ ނައިބު ރައީސުންގެ ފެންވަރުގެ މަގާމަކަށް ހެދުމެވެ.
މި ތިން އިސްލާހު ފާސްވެގެން ދިޔައީ، ކޮންގްރެސްއަށް ވަޑައިގެންވި 137 ބޭފުޅުންގެ މެދުގައި ނެގި ވޯޓުންނެވެ.