Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 21:54
ކޯގަނނު ގަބުރުސްތާން: މީދޫ
ކޯގަނނު ގަބުރުސްތާން: މީދޫ
ގޫގުލް
ކޯގަންނު
ކޯގަންނު ބެލެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި
އިސްތިއުނާފަށް ހުށަހެޅި ނަމަވެސް ކޯޓުން ކުރި އަމުރަށް އިޚްތިރާމް ކުރުމުގެ ގޮތުން އެ އަމުރަށް ޢަމަލު ކުރަމުންދޭ

ސ. މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާނު ބެލެހެއްޓުމަށް މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރު ފުލުހުންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން ޕޮލިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލަ އިސްތިއުނާފަށް ހުށަހެޅި ނަމަވެސް ކޯޓުން ކުރި އަމުރަށް އިޚްތިރާމް ކުރުމުގެ ގޮތުން އެ އަމުރަށް ޢަމަލު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ގަބުރުސްތާނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އިސްތިއުނާފަށް ހުށަހަޅާފައިވާ މި މައްސަލައަކީ ކޯގަންނު ގަބުރުސްތާނަށް ބަޔަކު ގެއްލުން ދިނުމާ ގުޅިގެން މީދޫ ރައްޔިތަކު ހުށަހެޅި މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ މައްޗަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރުގައިވަނީ ކޯގަންނަކީ ރާއްޖޭގެ އާސާރީ ތަރިކައަކަށް ވެފައި، އެ ތަނަށް ބަޔަކު ގެއްލުންދޭތީ އެތަން ހިމާޔަތްކޮށް ރައްކާތެރި ކުރަންޖެހޭކަމަށް ބުނެއެވެ.

ބައެއް ފަރާތްތަކުން މި އާސާރަށް އެކިފަހަރުމަތިން ގެއްލުން ދެމުން ދާއިރު، ކަމާ ގުޅޭ ފަރާތްތަކުން މިކަމަށް ދޭންވާ ސަމާލުކަން ދެމުން ނުގެންދާތީ އެރަށު ރައްޔިތުން ދަނީ އެކަމާމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް