ކ. މާލެ
|
25 އޭޕްރިލް 2019 | ބުރާސްފަތި 18:59
ލަންކާގައި އުޅޭ މުސްލިމް އަންހެނުންތަކެއް ނަމާދުކުރަނީ
ލަންކާގައި އުޅޭ މުސްލިމް އަންހެނުންތަކެއް ނަމާދުކުރަނީ
ރޮއިޓަރސް
ލަންކާގައި މޫނު ބުރުގާ ނާޅަން ބުނުން
މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
ސަލާމަތީ ބާރުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މި ހާލަތައް އެންމެ އެކަށީގެންވާ ގޮތް ކަމަށް ބުނި

މިހާރު ލަންކާއަށް ކުރިމަތިވެގެން މިއުޅޭ ހާއްސަ ހާލަތާއި ގުޅިގެން، މި ދުވަސްވަރު އެންމެ ރަނގަޅީ މޫނު ބުރުގާ (ނިކާބް) ނޭޅުން ކަމަށް ބުނެ ލަންކާގެ "އޯލް ސިލޯން ޖަމިއްޔަތުލް އުލަމާ" އިން ފަތުވާއެއް ނެރެފިއެވެ.

ގައުމީ ސަލާމަތަށް ދިމާވެގެން މިއުޅޭ ނުރައްކާތެރި ހާލަތުގައި ސަލާމަތީބާރުތަކަށް އެއްބާރުލުން ދިނުމަށް ކަމަށް ބުނެ ނެރުނު ފަތުވާގައި ބުނެފައިވަނީ ސަލާމަތީބާރުތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް ނޭޅުމުގެ ގޮތުން މޫނު ބުރުގާ ނޭޅުމަށް ހުރިހާ އަންހެނުންނަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ. ފަތުވާގައި ބުނެފައިވަނީ މިހެން އިލްތިމާސް ކުރަން މި ޖެހުނީ މި ހާލަތުގައި ފުލުހުންނަށާއި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަންތަކުގައި ކާކުކަން ދެނެގަންނަން ކުރާ މަސައްކަތްތަކަށް ހުރަސްއެޅެމުން ދިޔުމާއި ގުޅިގެން ކަމަށެވެ.

ފަތުވާގައި ވަނީ މި ދުވަސްވަރު ގެއިން ބޭރުގައި އުޅޭ ހުރިހާ ވަގުތުތަކުގައި އެންމެން ވެސް އައިޑީ ކާޑު ހިފައިގެން އުޅުމަށް ނަސޭހަތްތެެރިވެފައެވެ. އަދި ސަލާމަތީބާރުތަކުން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގައި އެންމެންގެ ވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ. ލަންކާގެ ޖަމިއްޔަތުލް އުލަމާއިން މި ފަތުވާ ނެރެފައި ވަނީ ލަންކާގައި މޫނު ބުރުގާ އެޅުން މަނާކުރަން އަމިއްލަ މެމްބަރަކު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ.

ލަންކާަގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އެ ގައުމުގެ އަސްކަރިއްޔާ އާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންދާ އިރު، މިހާތަނަށް ޝައްކުކުރެވޭ 70 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ލަންކާ ފުލުހުން ވަނީ ބުނެފައެވެ. މި ހަމަލާތަކާއި ގުޅިގެން އިތުރު ހަ މީހަކު ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ތިން އަންހެނުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް