Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 18:51
މޯލްޑިވްސް ޕޮލިސް ސާރވިސް
މޯލްޑިވްސް ޕޮލިސް ސާރވިސް
މުހައްމަދު ޝަރުހާން
ޕޮލިސް
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު
ފުލުސް މީހާގެ ނަން ފުލުހުން ހާމަކޮށްފައެއް ނުވޭ

ލ. ގަމުގެ ޕޮލިސް ސްޓޭޝަން އިންޗާޖްގެ ބަރަހަނާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކޮށްފިއެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

 

ދާދި ފަހުން އޭނާގެ ބަރަހަނާ ވީޑިއޯއެއް އާންމުވެފައި ވާއިރު މީގެ ކުރިން ވެސް ގއ. ވިލިނގިލީގައި ހިލޭއަންހެނަކާ އެކު އެކަހެރިކޮށް ހުއްޓާ އަތުލައިގެންފައިވާ ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

 

ނަމަވެސް އަފަހަރަ އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

 

ވީޑިއޯ ލީކްވި ފުލުސް މީހާގެ ނަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ބަރަހަނާ ވީޑިއޯއެއްގެ މައްސަލައިގަ ފުލުހަކަށް ފިޔަވަޅު އަޅާފައިވާ އިރު މީގެ ކުރިން މިފަދަ މައްސަލަތައް ފެންމަތިވި ބައެއް ފަރާތްތައް މިހާރު ވެސް ބޮޑެތި މަގާމުތަކުގައި އެބަ ތިއްބެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް