ބ. އަތޮޅު އޭދަފުށީ ޕޯސްޓް އޮފީސް ފަޅާލައި 1500 ރުފިޔާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނި ގޮތުގައި ވައްކަން ކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ 8:30 ހާއިރު ޕޯސްޓް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ކަމަށެވެ. 1500 ރުފިޔާގެ އިތުރުން އެހެން އެއްޗެއް ނަގާފައެއް ނުވެ އެވެ.
މި މައްސަލަ ތަހުގީގުކުރަމުން ދާއިރު މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ވައްކަމުގެ 3503 މައްސަލަ 2017 ވަނަ އަހަރު ހުށަހަޅާ ފައިވާއިރު މިދިޔަ އަހަރު ހުށަހަޅާ ފައިވަނީ ވައްކަމުގެ 3270 މައްސަލައެވެ. ފުލުހުންނަށް ހުށަހަޅާފައިވާ ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، ފޭރުމުގެ 662 މައްސަލަ 2017 ވަނަ އަހަރު ހުށަހަޅާ ފައިވާއިރު 2018 ވަނަ އަހަރު ހުށަހަޅާ ފައިވަނީ ފޭރުމުގެ 537 މައްސަލައެވެ.މިކ އެއް އަހަރުން އަނެއް އަހަރަށް މައްސަލަތައް މަދުވުމާއި ގިނަވުމުގައި ގިނަ ސަބަބުތަކެއް ހުންނަ ކަމަށް ފާހަގަ ކުރައްވައި ފުލުހުން ބުނެފައިވަނީ އޭގެ ސަބަބުތައް ބެލުމަށް ދިރާސާތައް ކުރާނެ ކަމަށެވެ.