ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސްރީލަންކާގައި ހުންނެވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް މައުމޫން މާލެ ވަޑައިގެންނެވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައިއެވެ.
ރައީސް މައުމޫން ރާއްޖެއަށް ވަޑައިގަންނަވަމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ލަންކާގައި އެތައް ބަޔަކު މަރާލި ޓެރަރިސްޓް ހަމަލާ ކުށްވެރި ކުރާ ކަމަށެވެ.
As I leave Colombo for home tonight after spending in this beautiful city what turned out to be a week of untold tragedy, I once again condemn Sunday’s terrorist attacks on churches and hotels in which hundreds of people were killed and injured. 1/2
— Maumoon Abdul Gayoom (@maumoonagayoom) April 24, 2019
މީގެ އިތުރުން ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވަނީ މިފަދަ އުނގަދޫ ވަގުތެއްގައި އެމަނިކުފާނާއި، އެމަނިކުފާނުގެ އަނބިކަބަލުންގެ ސަލާމަތާއި ރައްކާތެރިކަމަށް ލަންކާގެ ފުލުހުން ކޮށްދެއްވި މަސައްކަތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބެހެއްޓެވި ގާތްކަމާއި، އޯގާތެރިކަމަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.
I must also thank the Sri Lankan authorities for the police protection they have provided me and my wife during this difficult time. I am also grateful to Maldives Ambassador and staff @MDVembLanka for their kind courtesies.2/2
— Maumoon Abdul Gayoom (@maumoonagayoom) April 24, 2019
ރައީސް މައުމޫން ލަންކާއަށް ވަޑައިގެންނެވީ ޗުއްޓީ ހޭދަކޮށްލެވުމަށް މިމަހުގެ 18ވަނަ ދުވަހުއެވެ.
ރައީސް މައުމޫން ޗުއްޓީއަށް ވަޑައިގެންނެވީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވަރަށް ބުރަކޮށް ކެންޕޭން މަސައްކަތްފުޅުގައި އުޅުއްވުމަށްފަހުއެވެ.