Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 18:19
ތިނަދޫއަށް ވަޑައިގެންނެވި އެމްޑީޕީގެ ޓީމާއެކު ގަސަމް --
ތިނަދޫއަށް ވަޑައިގެންނެވި އެމްޑީޕީގެ ޓީމާއެކު ގަސަމް --
ޓްވިޓަރ
އެމްޑީޕީ
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
ގަސަމް ވިދާޅުވީ މިހާރު އިމާރާތްކޮށްފައިވާ ހުރިހާ ފްލެޓްތަކީ "ފްލެޓް ދޮންބެ"ގެ ސަރުކާރުގެ ފްލެޓްތަކެއް ކަމަށް
ރައީސް ޔާމީން އިސްލާމް ދީނާ ބެހޭގޮތުން ވާހަކަ ދައްކަވާއިރު، ވިސްނާވަޑައިގަތުމަށް ގަސަމް ނަސޭހަތްތެރިވި

ގދ. ތިނަދޫގައި 2013 ވަނަ އަހަރު ބޭއްވުމަށް ނިންމި އިސްލާމިކް ކޮންފަރެންސާ ދިމާކޮށް، އިސްލާކިމް ސެންޓަރެއް ގާއިމު ކުރުމަށް އެމްޑީޕީން ސަރުކާރުން ނިންމީ ތިނަދޫގައި މާބޮޑު ވަސީލަތްތަކެއް ހުރެގެން ނޫން ކަމަށާއި އެއީ ތިނަދޫއަށް އެ ޕްރޮޖެކްޓްގެ ސަބަބުން ގެނެވޭނެ އުމުރާނީ ތަރައްގީއަށްޓަކައި ގެނައި ޕްރޮޖެކްޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެ އެވެ.

 

ގަސަމް އެގޮތަށް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ކުރުމަށްޓަކައި މިދިޔަ ބްރާސްފަތި ދުވަހު އެމްޑީޕީން ތިނަދޫއަށް ކުރި ދަތުރުގައި ތިންދޫގައި ހިންގާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުންނެވެ.

 

ގަސަމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އިމާރާތް ކުރުމަށް ނިންމި އިސްލާމިކް ސެންޓަރ އިމާރާތްކުރަން ނިންމީ ތިނަދޫ ކޮލެޖް ހުންނަ ސަރަހައްދުގައި ކަމަށާއި އަދި އެތަނުގައި ލައިބްރަރީއަކާއި އުނގެނުމުގެ ޕްރޮގްރާމްތައް ހިންގޭ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށެވެ.

 

ގަސަމް ވިދާޅުވީ އެ ޕްރޮޖެކްޓް ރައީސް ނަޝީދުގެ ސަރުކާރުން ރާވާފައިވާ ގޮތަށް އިމާރާތްކުރި ނަމަ، އެކަމުން ރައްޔިތުންނަށް މާބޮޑަށް ފައިދާވީސް ކަމަށާއި ނަމަވެސް މިހާރު އިސްލާމިކް ސެންޓަރު އަޅާ ތަނާއި ޑިޒައިނަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

 

ގަސަމް ވިދާޅުވީ މިސަރުކާރުން މިހާރު އިމާރާތްކުރާ އިސްލާމިކް ސެންޓަރ އެޅުމުގެ މާބޮޑު ބޭނުމެއް އޮތްކަމަށް ނުފެންނަ ކަމަށާއި ތިނަދޫގައި މިހާރު ހުރި މިސްކިތްތަކާ އަޅާބަލާއިރު މުހިއްމީ ތައުލީމް ކަމަށެވެ. ގަސަމް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން އިސްލާމިކް ސެންޓަރ ގާއިމު ކުރުމަށް ނިންމާފައިވަނީ ތައުލީމާއި ތަމްރީން ޕްރޮގްރާމްތައް ހިންގޭނެގޮތަށް ކަމަށެވެ.

"ރައީސް ނަޝީދުގެ ސަރުކާރުން އިމްރާތް ކުރުމަށް ނިންމާފައިވާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓަކީ ވަރަށް ފުރިހަމަ މަޝްރޫއެއް. އެކަމަކު އެކަން ތަންފީޒުކުރަން ލިބިލައްވާފައި މިވަނީ ރައީސް ޔާމީނަށް. ރައީސް ޔާމީނަށް މި ޕްރޮޖެކްޓް ހިންގެންއޮތީ ތިނަދޫގަ ކަމަށްވާތީ އެކަން އެކުރައްވަނީ،" ގަސަމް ވިދާޅުވި އެވެ.

 

މިސަރުކާރުން ތިނަދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރ

އިސްލާމިކް ސެންޓަރު އިމާރާތްކުރަމުންދަނީ ރަށުގެ ބަނދަރު ސަރަހައްދު ނޫން އަނެއް ފަރާތުގަ އެވެ. ރަށުގެ އާއްމު ހިދްމަތް ފޯރުކޮށްދޭ އެހެން އިމާރާތްތައް ނުވަތަ މުއައްސަސާތައް ހުންނަ ހިސާބެއްގައެއް ނޫނެވެ. އަދި އެ އިމާރާތުގެ ފެންވަރު ދައްކަން ފާހަގަކޮށް ތިނަދޫގެ ބައެއް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

 

ގަސަމް ވިދާޅުވީ މިހާތަނަށް ރައީސް ޔާމީނުގެ ސަރުކާރަށް އިމާރާތް ކުރެވުނު ފްލެޓެއް ނުހުންނާނެ ކަމަށާއި މިހާރު ހުރި ހުރިހާ ފްލެޓްތަކަކީ ވެސް "ފްލެޓް ދޮންބެ"ގެ ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް ކަމަށެވެ.

 

"ރައީސް ޔާމީންއަށް އަދި މިހާތަނަށް އެއްވެސް ފްލެޓެއް ނޭޅެ. ނަމަވެސް ބިންގާ އަޅާތަން ކޮންމެވެސް ވަރަކަށް އެބަފެނޭ. މިހާރު އިމާރާތް ކުރެވިފައިވާ ފްލެޓްތަކަކީ އެބޭފުޅުންވެސް އެވިދާޅުވާ ފްލެޓް ދޮންބެގެ ފްލެޓްތައް،" ގަސަމް ވިދާޅުވި އެވެ.

 

ތިނަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް

ގަސަމްގެ ގާތް އެކުވެރިޔާ ކުރީގެ މަޑަވެލި ދާއިރާގެ މެމްބަރު ނާޒިމް ވެސް ފާހަގަކުރެވި ފަދައިން ގަސަމް ވެސް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ އާ މަޝްރޫއެއް ނުފެންނަ ކަމަށާއި ހިންގަމުން ދަނީ މުޅިން ވެސް ރައީސް ނަޝީދުގެ ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުތައް ކަމަށެވެ. އަދި ޕްލޭން ކުރެވި ބައެއް މަޝްރޫއުތަކަކީ ފަންޑު ވެސް ހަމަޖައްސާފައިވާ މަޝްރޫއުތަކެއް ކަމަށެވެ.

 

ގަސަމް ވިދާޅުވީ މިހާތަނަށް ސަރުކާރަކުން ހިންގާފައިވާ އެންމެބޮޑު ހިޔާނާތް ހިންގާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި 1.22 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ވާނުވާ ނޭނގި ދިގުލައިގެންދާތީ ކަންބޮޑުވާ ކަމަށެވެ.

 

މީގެ އިތުރުން ގަސަމް ވަނީ ރައީސް ޔާމީން އިސްލާމް ދީނާ ހިލާފް ވާހަކަފުޅު ދައްކަވާތީ، ވާހަކަފުޅު ދައްކަވާއިރު ވިސްނަވާ ވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް