ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފިއެވެ.
އަވަށްޓެރި ސްރީލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި މިހާތަނަށް 310 މީހުން މަރުވެފައި ވާއިރު 500 ވަރަކަށް މީހުން ވަނީ ޒަހަމް ވެފައެވެ.
ސްރީލަންކާއަށް ކުރިމަތިވި ހިތާމަވެރި ހާލަތާބެހޭ ގޮތުން އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހުގައި ކުރެވުނު މަޝްވަރާގައި މިފަދަ ޓެރެރިސްޓް ހަމަލާތަކުން ދިވެހިރާއްޖެ ރައްކާތެރި ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ
ސްރީލަންކާ އަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ގޮތުން އެ ޤައުމުގައި ހުންނަ ދިވެހި އެމްބަސީގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.