މާލެ އިން ހުޅުމާލެއަށް ބައިސްކަލުގައި ނުވަތަ ފައިމަގުގައި ދެވޭނެ ގޮތްތަކެއް ހޯދުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭވިއޭޝަން އައިޝަތު ނަހުލާ އާއި މިނިސްޓަރ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙުމަދު މަހުލޫފު މަޝްވަރާކުރައްވައިފިއެވެ.
މަހުލޫފް އަންގާރަ ދުވަހު ކުރަށްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މާލެއިން ހުޅުމާލެއަށް ބައިސްކަލުގައި އަދި ފައިމަގުގައި ދެވޭނެ ގޮތްތަކެއް ހޯދުމަށް މިނިސްޓަރ ނަހުލާއާ އެކު މަޝަވަރާ ކުރެވުނު ކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމަށް ފަހު މިކަމަށް ހައްލެއް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މަހުލޫފުގެ ޓްވިޓްގައި ވިދާޅުވެފައި ވެއެވެ.
Male’ inn Hulhumale’ ah bicycle ga adhi dhuvefa/hingaafa dheveyne goiythakeh hoadhumah Minister @aishath_nahula aaieku miadhu mashvaraa kurevunu.
— Ahmed Mahloof (@AhmedMahloof) April 23, 2019
Salaamathaai rakkaatherikamah alhanjehey fiyavalhuthakeh elhumahfahu mikamah halleh hoadheynekamah ummeedhu kurevey. pic.twitter.com/NKkMIMlIEc
ބްރިޖްގެ ކުރެހުން ފުރަތަމަ އާންމުކުރި އިރު ހިނގާ މީހުންނަށް ވަކި ލޭންއެއް އަދި ބައިސްކަލް ދުއްވާ މީހުންނަށް ވެސް ވަކި ލޭންއެއް ކަނޑައަޅާފައި ވެއެވެ. އަދި ބްރިޖްގެ މަޝްރޫއު ފުރަތަމަ ފެށިއިރު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވެސް އެ ގޮތަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް 300 މިލިއަން ޑޮލަރު ހޭދަކޮށްގެން ހެދި ބްރިޖްގައި ބައިސްކަލް ލޭނެއް ނެތެވެ. އަދި ހިނގާ މީހުންނަށް ވެސް ކަނޑައަޅާފައި ވަނީ ހަނި ތަންކޮޅެކެވެ. ވެހިކަލް ދުއްވަން އޮތް ލޭންތައް ވެސް ހަނިކަމުގެ ޝަކުވާތައް ބޮޑެވެ. މީގެ އިތުރުން މިހާރު އޮތް ގޮތުން ފައިމަގުގައި ދެވެނީ ވެސް ބްރިޖްގެ ނިމާ ކޮޅާ ހަމައަށެވެ. ހުޅުލެއާ ހަމައިން ބަންދުކޮށްފައި އޮންނާތީ ފައިމަގުގައި އަދި ބައިސްކަލުގައި ހުޅުލެއަކަށް ނުދެވެއެވެ.