އައްޑޫ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެއެވެ.
އަންގާރު ދުވަހު މެންދުރު ފަހު މި އެކްސިޑެންޓް ހިނގީ ވޭނަކާއި ދެ ސައިކަލް ޖެހިއެވެ. އެކްސިޑެންޓްގައި މަރުވީ އެތަނުން އެއް ސައިކަލު ދުއްވަން އިން ނަބީލް އިބްރާހީމް ނަމަކަށް ކިޔާ މީހެކެވެ. އެނގިފައިވާ ގޮތުގައި އެއީ ވެމްކޯގެ މުވައްޒަފެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ މަރުވެފައެވެ.