Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 17:33
އިންތިހާބާ ގުޅޭ މަސައްކަތު ބައްދަލުވުން
އިންތިހާބާ ގުޅޭ މަސައްކަތު ބައްދަލުވުން
ޓްވިޓަރ
އެމްޑީޕީގެ ކެމްޕެއިން ހަރަކާތް
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
މިއީ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ރޭވުމާ ގުޅޭ ގޮތުން ބާއްވާ ހަރަކާތެއް

ކެމްޕެއިންތަކަށް އަހުލުވެރި ކުރުމަށްޓަކާ އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން އަތޮޅުތަކުގާ ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ ކޮއްގެން މަސައްކަތު ބައްދަލުވުމެއް މާލޭގައި ބާއްވައިފި އެވެ.

އެމްޑީޕީގެ ތައުލީމާ ބެހޭ ކޮމިޓީގެ މުގައްރިރު ޑރ މުސްތަފާ ލުތުފީ ވިދާޅުވީ، މި ހަރަކާތް ކުރިއަށްގެންދަނީ ކެމްޕެއިންތައް ރޭވުމުގާ އަމަލުކުރަންޖެހޭ ގޮތްތަަކަށް ކެމްޕެއިންތަކުގާ ހަރަކާތްތެރިވާ ފަރާތްތަކުން އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ކަމަށެވެ.

އިންތިހާބުތައް ކާމިޔާބު ވާނެފަދަ ގޮތަކަށް ކަންކަން ރޭވުމަށްވެސް މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ކިޔާދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މުސްތަފާ ވިދާޅުވީ، މިހާރު މި ހަރަކާތް ބާއްވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގާ ބައިވެރިވާ ފަރާތްތަކާ، ކައުންސިލް މެންބަރުންނަށް އެފަރާތްތަކުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދެވޭނެ ގޮތްތަކާ ގުޅިގެން ކަމަށެވެ.

މި ވޯކްޝޮޕްގާ ކެމްފެއިންތައް އިންތިޒާމު ކުރުމާއި ރޭވުމުގާ އިސްކަންދޭނެ ކަންކަމާ، ކަންކަން ކުރުމުގާ އަމަލުތައް ބަހައްޓަން ޖެހޭނެ ގޮތްތައް ވަރަށް ތަފްސީލުކޮށް ކިޔާދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކާމިޔާބީ ބިނާވެގެންވަނީ ކެމްޕެއިން ވަރުގަދަކަމުގެ މައްޗަށް. އަޅުގަނޑުމެން ބަލާ އަނެއް ކަމަކަކީ ކެމްޕެއިން ކުރުމުގާ ކޮން ހުނަރުތަކެއްތޯ ބޭނުންވާނީ. ހުނަރުތައް ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއްދީގެން ކުރާނެ ކަމެއް އެއީ" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ އިތުރަށް ވިދާޅުވީ، އެމްޑީޕީން މަސައްކަތް ކުރަނީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށްވާ އިރު ކެމްޕެއިންގެ ކަންކަން އެޕާޓީން ރާވަނީ ވަރަށް ރޭވުންތެރިކަމާ އެކު ކަމަށެވެ.

އެޕާޓީއަށް ދޭ ވޯޓަކީ ސަރުކާރުން ހިންގާ އަމަލުތަކާ ދެކޮޅަށްދޭ ވޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީންދޭ ވޯޓަކީ ކަރަންޓު އަގުބޮޑުވުމާ ދެކޮޅަށް ދޭ ވޯޓެއް. އެއީ ހެޔޮވެރިކަމެއް ބޭނުންވުމާ އެއްކޮޅަށްދޭ ވޯޓެއް" މުސްތަފާ ވިދާޅުވި އެވެ.

ކެމްޕެއިން ހަރަކާތްތަކަށް އެމްޑީޕީގެ މެންބަރުން އަހުލުވެރި ކުރުމަށް ހިންގާ ހަރާކާތްތަކުގެ ތެރެއިން ހޮނިހިރު ދުވަހު ބޭއްވި ހަރަކާތަކީ މާލޭގާ ތިބި އަތޮޅުތަކުގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިންގާ އުޅޭ ފަރާތްތަކަށް ޚާއްސަކޮށް ބާއްވާ ހަރަކާތެކެވެ. އެމްޑީޕީން ވަނީ މީގެ ކުރިންވެސް އެފަދަ މަސައްކަތު ބައްދަލުވުމެއް މާލޭގެ ލޯކަލް ކައުންސިލް އިންތިހާބުގާ ބައިވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް