ކ. މާލެ
|
23 އޭޕްރިލް 2019 | އަންގާރަ 04:52
ސިލްސިލާ ހަމަލާތަކުގައި ހަމަލާތައް ފުރަތަމަ އަމާޒުވި ތަންތަނުގެ ތެރޭގައި ޝަންގްރީލާ ހޮޓެލް ހިމެނޭ
ސިލްސިލާ ހަމަލާތަކުގައި ހަމަލާތައް ފުރަތަމަ އަމާޒުވި ތަންތަނުގެ ތެރޭގައި ޝަންގްރީލާ ހޮޓެލް ހިމެނޭ
ބުކިންގ.ކޮމް
ލަންކާގެ ބޮމުގެ ހަމަލާތައް
ލަންކާގެ ބޮމުގެ ހަމަލާތައް: ޝަންގްރީ-ލާ ހޮޓެލް ބަންދުކޮށްފި
ތިން ހޮޓަލަކަށް ހަމަލާތައް އަމާޒުވި

ކޮލަމްބޯ (ނިއުސްފަސްޓް): ސްރީ ލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަަމަލާތައް އަމާޒުވި އެެއްތަން ކަމަށްވާ ކޮލަމްބޯގައި ހުންނަ ޝަންގްރީލާ ހޮޓެލް ބަންދުކުރަން ނިންމާފައިވާކަމަށް އެ ހޮޓަލުން ބުނެފިއެވެ.

ހޮޓާ ބަންދުކުރަން ނިންމާފައިވަނީ ކިހާ މުއްދަތަކަށް ކަމެއް ބުނެފައެއް ނުވެއެވެ. މި ނިންުމުމާ ބެހޭގޮތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ހޮޓަލުގައި ތިބި ފަތުރުވެރިންނާއި ހޮޓަލުގެ މުވައްޒަފުންގެ ތެރެއިން ހަމަލާގައި ޒަޚަމްވި މީހުން އެ ހޮޓަލަށްވަނީ ދެނެގަނެވިފައެވެ. އެ ހޮޓަލުގެ ތިން މުވައްޒަފަކު ފުރާނައަށް ނުރައްކާ މިންވަރަކަށް ޒަޚަމްވެފައިވެއެެވެ.

ޝަންގްރީލާއިން ވަނީ އެ ގައުމުގެ އިދާރާތަކާއި ކުއްލި ހާލަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ދޭނެކަމަށާއި އަދި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށްވެސް އެހީވާނެކަމަށް ބުނެފައެވެ. މީގެ އިތުރުން ގެއްލުން ލިބުނު އެ ހޮޓަލުގެ ފަތުރުވެރިންނަށް އެހެން ތަންތަނުން އެކޮމޮޑޭޝަން ހަމަޖައްސައިދެމުން ގެންދާނެކަމަށް ބުނެފައިވެއެވެ.

އާދީއްތަ ދުވަހުގެ ހަމަލާތަކުގައި ފުރަތަމަ ގޮވުމުގެ ވާހަކަ ރިޕޯޓް ކުރެވިފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 08:45 ހާއިރު ކަމަަށްވާއިރު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހަ ތަނަކަށް ހަމަލާ ދިންކަމަށް ރިޕޯޓް ކުރެވުނެވެ.
އެކުއެކީގައި ދިން ހަމަލާތައް ފުރަތަމަ އަމާޒުވި ހޮޓާ ތަކުގެ ތެރޭގައި ޝަންގްރީލާގެ އިތުރުން ކިންގްސްބަރީ އާއި ސިނަމަން ހިމެނެއެވެ.

މީގެ އިތުރުން އެ ވަގުތުގައި ދިން ހަމަލާތައް ދެން އަމާޒުވެފައިވަނީ ނިގަމްބޯއާއި،ބަޓިކަލޯއާ އަދި ކޮލަމްބޯގެ ކޮއްޗިކަޑެ ޑިސްޓްރިކްޓުގެ ތިން ޗަރޗަކަށެވެ.

- ކޮމެންޓް