ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބަކު ލަންކާ އަށް ފުރައިވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސްގެ ހާއްސަ މަންދޫބަކަށް ލަންކާ އަށް ފުރާވަޑައިގަންނަވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް ހޫދުވަނީ ވިދާޅުވެފައެވެ.
އޭނާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.
ލަންކާ އަށް ދިން ހަމަލާތަކަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް ކަމަށް ރައީސް ސޯލިހު ވަނީ ސިފަކުރައްވާފއެވެ. ޓެރަރިޒަމްގެ އެ ފިނޑި އަމަލުގެ ޝިކާރައަކަށްވި ހުރިހާ ފަރާތްތަކަށް ތައުޒިޔާ ވިދާޅުވާ ކަމަށާއި، މި ހިތާމަވެރި ވަގުތުގައި ލަންކާގެ ސަރުކާރާއި ރައްޔިތުންނާ އެކު ރާއްޖޭގެ ރައްޔިތުން ތިބި ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.