ތިން ފައްޅިއެއްގަ އާއި ކޮލަމްބޯގެ ބައެއް ތަންތަނުގައި ބޮންތަކެއް ގޮއްވާލި ހަމަލާއާ ގުޅިގެން ހެޔޮ އަގުގައި ލަންކާއަށް ގުޅޭނެ ރޭޓޭއް ދިރާގާއި އުރީދޫއިން ހަމަޖައްސައިފިއެވެ.
އެކަމާ ގުޅޭގޮތުން އާދިއްތަ ދުވަހު އުރީދޫއިން ނެރުނު ބަޔާނެއްގައި ބުނީ، އުރީދޫގެ ކަސްޓަމަރުންނަށް ލަންކާގައި ދިރިއުޅޭ ފަރާތްތަކާއި ފަސޭހަކަމާއެކު ގުޅޭނެ ގޮތް ހެދުމަށްޓަކައި ރޭގަނޑު 12:00 ޖަހަންދެން ލަންކާގެ ހުރިހާ ސަރަހައްދަކަށްވެސް މިނެޓަކަށް 1 ރުފިޔާގެ ރޭޓުން ގުޅޭނެ ކަަމަށެވެ.
Our prayers & well wishes are with all affected by the terrible incident in Sri Lanka this morning. To enable all our customers to get in touch with their family & friends in the region, all calls to Sri Lanka can now be made at a reduced charge of MVR 1 per minute till midnight. pic.twitter.com/Mzcmhz6SUn
— Ooredoo Maldives (@OoredooMaldives) April 21, 2019
އޭގެ އިތުރުން، ދިރާގުުންވެސް ވަނީ އާދިއްތަ ދުވަހުގެ މެންދުރު 1:00 އިން ފެށިގެން ރޭގަނޑު 12:00 އާ ހަމައަށް ލަންކާ ނަންބަރުތަކަށް ގުޅޭނެ އަގު ހެއުކޮށްފައެވެ. އެގޮތުން ދިރާގުގެ ކަސްޓަމަރުންނަށްވެސް މިނެޓަކު 1 ރުފިޔާގެ ރޭޓުން ލަންކާގެ ނަންބަރުތަކަށް ގުޅޭނެ ކަމަށް ދިރާގުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
Our thoughts and prayers go to the people of Sri Lanka ?. We’ve reduced our call rate to Sri Lanka to MVR 1/min, from 1pm today until 12am to help you get in touch with loved ones in this tragic time. Please use the prefix 019 followed by country code and number for your calls. pic.twitter.com/jIObf5eh7x
— Dhiraagu (@Dhiraagu) April 21, 2019
ލަންކާގައި ހިނގި ބޮމުގެ ހާދިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ސްރީ ލަންކާގެ އެކި ސަރަޙައްދުތަކުގައި ބޮންތަކެއް ގޮވި ޙާދިސާގައި ދިވެއްސަކަށް އަނިޔާވިތޯ މިމިނިސްޓްރީއިން ބަލަމުންދާ ކަމަށެވެ. އިމަޖެންސީ ކޮންސިއުލަރ ޚިދުމަތް ބޭނުންފުޅުވާނަމަ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުމަށް ވަނީ އެދިފައެވެ.