މާލޭގައި ހުރި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ޖެންޑަރ މިނިސްޓްރީ ހިންގާ ބިއްލޫރިޖެހިގޭ ބޭރުގައި އެކަަމަށް އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހައްމަދާއި ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވީ ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކޮށް ބެހެއްޓުމަށް އެދޭކަމަށާއި ފޮށިތައް ހަޑިކުރަނީ މަދު ބައެއްކަމަށެވެ. އަދި އެ ފޮށިތަކަކީ އިސްތިހާރާއި ޕޯސްޓަރުފަދަ ތަކެތި ހިއްޕުން މަނާ ކަމެއްކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި މި ފޮށިތައް ސާފުތާހިރުކޮށް ބަހައްޓަން ކުރަންޖެހޭ މަސައްކަތް އެ ހަޑިކުރާ މީހުންނަށް އެނގޭނަމަ އެކަމެއް ނުކުރާނެ. ގާތްގަނޑަކަށް ފޮއްޓެއް ސާފުކުރުމަށް އެބަނަގާ 10 ވަރަކަށް މިނިޓް" މުޣުނީ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި މާލޭ ސިޓީ މޭޔަރ ޝިފާ ތައުފީގު ވިދާޅުވީ ދާއިމީ ގޮތެއްގައި މާލޭގެ މަގުތައް ސާފުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި އެކި ކުންފުނީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާކަމަށެވެ.
މިއީ މާލެ ސާފުކުރުމުގެ ހަރަކާތުގެ ދަށުން މާލޭ ސިޓީ ކައުންސިލްއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.