މާވެލްގެ ކޮމިކުތަކުންނާއި ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ އަޔަން މޭން އުދުހޭ ގޮތަށް އުދުހެން ފަރުމާކޮށްފައިވާ ސޫޓު އުފެއްދި ރިޗަރޑް ބްރައުނިން އޭނާގެ އުދުހޭ ސޫޓު ރާއްޖޭގައި ޓެސްޓްކޮށްލައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކަށް ބަލާއިރު ފެންނަނީ މަޝްހޫރު ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓްގެ ފަޅުތެރޭގައި ބްރައުނިން އޭނާގެ ޖެޓް ސޫޓުގައި "އުދުހޭ" މަންޒަރެވެ. ޖެޓް ބޫސްޓަރުތަކުގެ އެހީގައި އުދުހެވޭ ގޮތަށް ފަރުމާކޮށްފައިވާ ސޫޓަކީ ބްރައުނިންގެ އަމިއްލަ އުފެއްދުމެކެވެ.
Welcome to Maldives #ironman @richardmbrowning @takeonGravity @visitmaldives @OOreethirah pic.twitter.com/kw0Y9iZGiN
— ????????? ????? ? (@AsadhullaAhmed) April 19, 2019
"ޑެޑަލަސް މާކް 1" ގެ ނަމުން ނަންދެވިފައިވާ ސޫޓުގައި އުދުހެވެނީ އޭގައި ހަރުކޮށްފައި ހުރި ކުދިކުދި ޖެޓް އިންޖީނުތަކެއްގެ ސަބަބުންނެވެ. ބްރައުނިންގެ ގްރެވިޓީ ކުންފުނިން އުފައްދާފައިވާ ސޫޓުގެ ބުރަކަށި މަތީގައި މީގެ ދެ އިންޖީނު ހުންނަ އިރު، ކޮންމެ އަތެއްގައި ވެސް ދެ އިންޖީނު ހުރެއެވެ. މި ސޫޓަކީ އޭތި ލައިގެން ހުންނަ މީހާއަށް ދާންވާ ދިމާ ކޮންޓްރޯލް ކުރުމުގެ ގާބިލިއްޔަތުކަމާ އެކު ފަރުމާކޮށްފައިވާ ސޫޓެކެވެ.
We are grateful to be flying on such a beautiful island
— Gravity (@takeonGravity) April 20, 2019
Filmed on @insta360 https://t.co/71r8sMWDua
އިންސާނުންގެ ވައިގެ ދަތުރުފަތުރުގެ ކުރިމަގު ބަދަލުކޮށްލާނެ ކަމަށް ބުނެ ނުކުތް އިނގިރޭސިވިލާތުގެ ގްރެވިޓީ ކުންފުނިން އުފައްދާފައިވާ ސޫޓުގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީއަށް ގިނަ ފަރާތްތަކެއްގެ ތައުރީފު ވަނީ ލިބިފައެވެ. މި ސޫޓުގައި ހިމަނާފައިވާ ޓެކްނޮލޮޖީ ޕެޓެންޓް ކުރުމުގެ މަސައްކަތް ކުރަމަށް ފަހު ބާޒާރުން މި ބާވަތުގެ ސޫޓު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އޭރުން ކޮންމެ މީހަކީ ވެސް އަޔަން މޭންއަކަށް ވެވިދާނެއެވެ. އަދި ކާރޫބާރޫ ބޮޑު މަގުތަކުގައި ތޮއްޖެހިގެން ވަގުތު ދުއްވާލުމުގެ ބަދަލުގައި މިފަދަ ސޫޓެއްގެ އެހީގައި ދާންވާ މިސްރާބަށް ފަސޭހަކަމާ އެކު އުދުހިފައި ދަތުރުކޮށްލެވޭނެ މަގު ފަހިވެގެންދާނެއެވެ. މި ހުވަފެން ހަގީގަތަކަށް ވާނެ ކަމުގެ ފެށުން ރާއްޖެއިން ދައްކާލުމަކީ ރާއްޖެ އަށް ލިބުނު ފަހުރެކެވެ.