Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 08:22
ފ. ނިލަންދޫ:"ފްރީހޯލްޑް" އުސޫލުން ވިއްކާލުމަށް ނިންމާފައިވަނީ ފ. އަތޮޅުކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ
ފ. ނިލަންދޫ:"ފްރީހޯލްޑް" އުސޫލުން ވިއްކާލުމަށް ނިންމާފައިވަނީ ފ. އަތޮޅުކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ
ގޫގުލް
ފ. އަތޮޅު
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
ޤާނޫނު ބުނާގޮތުން 99 އަހަރަށް ކުއްޔަށްދެވެން އޮންނައިރު، އެތަން ވިއްކަންޖެހޭ މަގުބޫލު އެއްވެސް ސަބަބެއް ނެތް
99 އަހަރުގެ ކުއްޔަކުން ސައުދީ މީހުންނަށް ނުފުދިގެން މި އުޅެނީ ކީއްވެތޯ ސުއޫދު ސުވާލު އުފައްދަވާފައިވޭ
ސަރުކާރުން ފ. އަތޮޅު ވިއްކާލުމަށް މަސައްކަތްކުރަނީ "ފްރީހޯލްޑް" އުސޫލުންކަމަށް ބުނެ

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދެނީ "ފްރީހޯލްޑް" އުސޫލުން ކަމަށް ބުނަނީ އޮޅުވާލުމަށް ކަމަށާއި، "ފްރީހޯލްޑް" އުސޫލުން ބިންތައް ދިނުމަކީ، ގަންނަ ފަރާތަށް ބިން މިލްކުކޮށްދިނުން ކަމަށް ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

 

ސައުދީ ރަސްގެފާނަށް، ފ. އަތޮޅު ވިއްކާލާކަމުގެ އަޑުތައް ފެތުރިފައިވާއިރު ސަރުކާރުން ބުނެފައިވަނީ، ބިން ވިއްކާލަނީ ނޫންކަމަށާއި، "ފްރީހޯލްޑް" އުސޫލުން ބިން ސައުދީ ރަސްގެފާނަށް ދޫކުރަނީ ކަމަށެވެ. އަދި އެގޮތަށް ބިން ދޫކުރަނީ ޤާނޫނު އަސާސިއަށް 2015 ވަނަ އަހަރު އިތުރުކުރި މާއްދާގެ ދަށުން ކަމަށް ސަރުކާރުން ބުނެ އެވެ.

 

ސަރުކާރުގެ އެ ވާހަކަތަކަށް ފާޑުވިދާޅުވެ، މަޝްއޫރު ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު ޓުވިޓަރގައި ވިދާޅުވެފައިވަނީ، އިނގިރޭސި ބަހެއް ބޭނުންކޮށް، "ފްރީހޯލްޑް" އުސޫލުން ދެނީކަމަށް ބުނަނީ އޮޅުވާލުން ކަމަށެވެ. އަދި "ފްރީހޯލްޑް" އުސޫލުން ދިނުމަކީ ގަންނަ ފަރާތަށް ބިން މިލްކުކޮށްދިނުން ކަމަށް ސުއޫދު ވިދާޅުވި އެވެ.

އޭގެއިތުރުން ސުއޫދު ޓުވިޓާރގައި ވިދާޅުވެފައިވަނީ، ޤާނޫނު ބުނާގޮތުން 99 އަހަރަށް ކުއްޔަށްދެވެން އޮންނައިރު، އެތަން ވިއްކަންޖެހޭ މަގުބޫލު އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި 99 އަހަރުގެ ކުއްޔަކުން ސައުދީ މީހުންނަށް ނުފުދިގެން މި އުޅެނީ ކީއްވެތޯ ސުއޫދު ސުވާލު އުފައްދަވާފައިވެއެވެ.

 

 

ސަރުކާރުން ފ. އަތޮޅު ވިއްކާލަނީ ނޫންކަމަށާއި، "ފްރީހޯލްޑް" އުސުލުން ދޫކުރަނީކަމަށް ބުނާއިރު، އެއީ 2015 ވަނަ އަހަރު ޤާނޫނު އަސާސީގެ ބައެއް މާއްދާތައް އުވާލާ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ގެންނަވި އިސްލާހެކެވެ. އެ އިސްލާހާއެކު ޤާނޫނު އަސާސީއަށް އައު ބާބެއް ވަނީ އިތުރުވެފަ އެވެ. 15 ވަނަ ބާބު އިތުރުކޮށް ފްރީ ހޯލްޑިންގެ އުސޫލުން ބިމުގެ މިލްކްވެރިކަން ބޭރުގެ ފަރާތްތަކަށް ދެވޭނެ އުސޫލުތަކެއް އެބައިގައި ވަނީ ކަނޑައަޅައިފަ އެވެ.

 

ފ. އަތޮޅު ސައުދީއަށް ވިއްކާލާ ވާހަކައަށް ސީދާ ގޮތެއްގައި ސަރުކާރުން ޖަވާބު ދީފައި ނުވި ނަމަވެސް، ރައީސް ޔާމީން ވެސް ވަނީ ފ. އަތޮޅު ސައުދީ އަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. އެނގިފައިވާގޮތުގައި އަންނަ މަހު ސައުދީ ރަސްގެފާނު ޤައުމަށް ވަޑައިގަންނަވަނީ ފ. އަތޮޅުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށެވެ.

 

މިދިޔަ މަހުގެ 24 ވަނަ ދުވަހު ފ. މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފ. އަތޮޅަކީ ސައުދީ ސަރުކާރުގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ފަރާތުން ވަރަށް ހާއްސަ ޝައުގުވެރިކަމެއް އޮތް އަތޮޅެއް ކަމަށެވެ. އެގޮތުން އެ ފަރާތްތަކުން ފ. އަތޮޅުގައި ވަރަށް ބޮޑު ބިޔަ މަޝްރޫއުއެއް ހިންގުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް