ލ. އަތޮޅު ފޮނަދުއަށް ނަގޫރޯޅިއެއް އަރާ ބޮޑަތި ގެއްލުން ތަކެއް ވެފައިވާ ކަމަށް އެރަށު ކައުން ސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ނަގޫރޯޅީގައި 10 ވަރަކަށް ގެއަށް ގެއްލުން ވެފައިވާ ކަމަށާއި 4 ނުވަތަ 5 ގެއަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ބައެއްގޭގޭގެ ފުރާޅު އެއްލާލާފައި ވާއިރު މަގުމަތީ ފާރު ވެއްޓުމުގެ އިތުރުން ބޮޑަތި ގަސްރުއް ފަދަ ތަކެތި ފުރާޅު މައްޗަށް ވެއްޓި ގޭގެއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އެގޮތުން ބައެއް ގޭގޭގެ 75 އިންސައްތަ އަށް ގެއްލުން ވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އެރަށު ބައްރު ޕްރީ ސްކޫލުގެ ވަށާފާރު ވެއްޓިފައިވާއިރު
ޕްލޭ އޭރިޔާ އަށް ވެސް ގެއްލުން ތަކެއް ލިބިފައި ވެއެވެ. އަދި ބޮޑެތި ގަސްތަކުގެ 30 ގަސް ވެއްޓިފައި ވާއިރު ކުދި ގަސްތަކާއި ކެޔޮނިރު ފަދަ ތަކެތި ވެސް ހަލާކުވެފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ރިޔާޒް ވިދާޅުވީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ ރޭ ވެސް ވާރޭ ވެހުނު ކަމަށާއި ހުކުރު ދުވަހުގެ ރޭ ފަތިސް ނަމާދުގެ ކުރިން ވާރޭ ވެހެން ފަށާފައިވާ ކަމަށެވެ.
ރިޔާޒް ވިދާޅުވީ މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށާއި ކައުންސިލަށާއި ރަށުގެ އެހެނިހެން މުއްސަސާތަކަށް ވެސް އަންގާ ހުރިހާ ފަރާތްތަކުން ގުޅިގެން ލިބިފައިވާ ގެއްލުންތައް ބަލާ ގެއްލުންވި ފަރާތްތަކަށް އެހީ ފޯރު ކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ
ފޮނަދުއަކީ އާބާދީގައި 2800 މީހުން ދިރިއުޅޭ ރަށަކަށް ވާއިރު ރަށުގެ 90 އިންސައްތަ މީހުންނަކީ ސިވިލް ސާރވިސް ގައި މަސައްކަތް ކުރާ މީހުންނެވެ