ކ. މާލެ
|
19 އޭޕްރިލް 2019 | ހުކުރު 12:11
ރައީސް ޓްރަމްޕްގެ ސީދާ ބައިވެރިވުމެއް އޮތްކަމަށް ރިޕޯޓުން ފާހަގައެއް ނުވޭ
ރައީސް ޓްރަމްޕްގެ ސީދާ ބައިވެރިވުމެއް އޮތްކަމަށް ރިޕޯޓުން ފާހަގައެއް ނުވޭ
އޭޕީ
ޓްރަމްޕް - ރަޝިއާ ގުޅުން
މުލަރގެ ރިޕޯޓް ޖަސްޓިސް ޑިޕާޓްމަންޓުން އާއްމުކޮށްފި
މުލަރގެ ތަހުގީގަށް ޖަސްޓިސް ޑިޕާޓްމަންޓުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ: އެޓަރނީ ޖެނެރަލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2016 ގެ ރިޔާސީ ކެމްޕެއިން ޓީމާ ރަޝިއާއާ އޮތް ކަމަށް ތުހުމަތުކުރެވޭ ގުޅުމާ ބެހޭގޮތުން ކުރަމުންދިޔަ ތަހުގީގު ނިންމައި ސްޕްޝިއަލް ކައުންސެލް ރޮބަރޓް މުލަރ ކޮންގެރެސްއަށް ހުށަހެޅުއްވި ރިޕޯޓް، ގަައުމީ މަސްލަހަތަށް އުނިކުރަންޖެހޭ ބައިތައް އުނި ކުރުމަށްފަހު ބުރާސްފަތި ދުވަހު އާއްމުކޮށްފިއެވެ.

އެޓަރނީ ޖެނެރަލް ވިލިއަމް ބާގެ އަތްޕުޅަށް ހުށަހަޅުއްވާފައިވާ ރިޕޯޓް ޚުލާސާ ކުރެއްވުމަށް ފަހު ކޮންގްރެސްއާ ހިއްސާ ކުރައްވާފައިވާ 450 ސަފްހާގެ މި ރިޕޯޓް އާއްމުކޮށްފައިވަނި ޖަސްޓިސް ޑިޕާޓްމަންޓުންނެވެ.

ރައީސް ޓްރަމްޕް ގާނޫނާ ޚިލާފް އަމަލެއްކުރައްވާފައިވާކަމަށް ސީދާ ކަނޑައަޅުއްވާފައި ނުވާއިރު އެމަނިކުފާނާ ގުޅުން ހުރި މި މައްސަލައިގައި އެ މެނިކުފާނުގެ ބައިވެރިވުން ނެތްކަމަށްވެސް ރިޕޯޓްގައި ނިންމާފައެއް ނުވެއެވެ.

ސްޕެޝަލް ކައުންސެލް ވަނީ ރިޕޯޓާ ގުޅިގެން މިހާތަނަށް، ރައީސް ޓްރަމްޕްގެ އަރިސް ހަ ބޭފުޅަކާއި ރަޝިއާގެ ބައެއްގެ މައްޗަށް ދައުވާކޮށްފައެވެ.

މި ރިޕޯޓުގެ މައިގަނޑު މަގްސަދަކީ ސްޕެޝަލް ކައުންސެލްގެ މަގާމަށް ރޮބަރޓް މުލަރ އައްޔަންކުރައްވައިގެން ވޭތުވެދިޔަ 22 މަސްދުވަހުގެ ތެރޭގައި ހިންގާފައިވާ ތަހުގީގުން ދައުވާއެއް ކުރަންޖެހޭ ފަދަ ކަމެެއް އޮތްތޯ ބެލުމެވެ.

ސްޕެޝަލް ކައުންސެލްގެ މަގާމަށް ރޮބަރޓް މުލަރ އައްޔަންކުރައްވާފައި ވަނީ އެޓަރނި ޖެނެރަލްގެ ނައިބް ރޮޑް ރޮސެސްޓެއިންއެވެ.

ރައީސް ޓްރަމްޕް އާއި ރިޕަބްލިކަން ޕާޓީގެ އެހެނިހެން ބޭފުޅުން ވެސް ގެންދަވަނީ މި ތަހުގީގަކީ ފަހާ ދުވުން ކަމަށް ބުނެ އެކަން ކުށްވެރިކުރަމުންނެވެ.

- ކޮމެންޓް