ގައުމީ ދިފާއީ ބާރުން ކުރިޔަށް ގެންދިޔަ ބޭސިކް ޑައިވިންގ ކޯހުގެ ބެޖްދިނުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު ކަނޑު އަޑީގައި ބާއްވާއިފިއެވެ.
އެމްއެންޑީއެފް އިން ޓްވީޓް ކޮށްފައިވާ ވީޑިއޯއިން ފެންނަނީ މާސްކާއި ފުޅިއަޅައިގެން ތިބި ސިފައިންތަކެއް ކަނޑު އަޑިއަށް ފީނާތަނެވެ. އެ ކޯހުގައި ބައިވެރިވި ސިފައިން ތިބީ އެމީހުން ނިސްބަތްވާ ގައުމުގެ ދިދަތައް ހިފައިގެންނެވެ.
ކޯހުގެ ބައިވެރިންނަށް ބެޖް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
Chief of Defence Force @CDFofMNDF Awarded the Diving Badges to the Participants of 7th Coast Guard Basic Diving Course in an Underwater Ceremony Today pic.twitter.com/R1EW8dEbfu
— Maldives National Defence Force (@MNDF_Official) April 18, 2019
ބެޖް ހަވާލުކުރުމުގެ ރަސްމިއްޔާތު ކަނޑު އަޑީގައި ބާއްވާފައިވާއިރު، ބައިވެރިންނަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ, ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ. އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގި މިކޯހުގައި ޖުމްލަ 21 މީހުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވަނީ 19 މީހުންނެވެ. މި ކޯހުގެ ބޭރު ގައުމުތަކުގެ އަސްކަރިއްޔާއިން އަށް މީހަކު ބައިވެރިވެފައިވެއެވެ. އެ މީހުންގެ ތެރޭގައި ނޭޕާލް، އިންޑިއާ އަދި ސްރީ ލަންކާގެ ސިފައިން ހިމެނެއެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 ސިފައިން މި ކޯހުގައި ބައިވެރިވެފައިވެއެވެ.