ކ. މާލެ
|
18 އޭޕްރިލް 2019 | ބުރާސްފަތި 09:36
 އުމުރުފުޅުން 64 އަހަރު ފުޅުގެ މުރުސީ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވަނީ 2018 ވަނަ އަހަރުގެ މާރިޗް މަހު
 އުމުރުފުޅުން 64 އަހަރު ފުޅުގެ މުރުސީ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވަނީ 2018 ވަނަ އަހަރުގެ މާރިޗް މަހު
ރޮއިޓަރސް
މިސްރުގެ ރައީސް ސީސީ
މިސްރުގެ ރައީސް ސީސީގެ ދައުރު 2022 ދަންމާލުމަށް ވޯޓް ނަގަނީ
ސީސީއަށް ވޯޓުފޮށި މެދުވެރިކޮށް ވެރިކަމުގެ ބާރުތައް ލިިބިވަޑައިގެންްފައިވަނީ 2014 ވަނަ އަހަރު

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީގެ ވެރިކަމުގެ ދައުރު 2030 ގެ ނިޔަލަށް ދިގުދަންމާލެވޭގޮތަށް އެ ގައުމުގެ ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްނެގުން އަންނަ ހޮނިހިރު ދުވަހު އެ ގައުމުގައި އޮންނާނެއެވެ.

ތިން ދުވަހަށް ދެމިގެންދާ މި ވޯޓް އޮންނާނީ އޭޕްރީލް މަހުގެ 20ން 22 އަށެވެ. އެ ގައުމުގެ ނޭޝަނަލް އިލެކްޝަން އޮތޯރިޓީގެ ޗެއަރމަން ލަޝީން އިބްރާހީމް ބުދަ ދުވަހު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވީ މި ވޯޓުގެ ތެރޭގައި ޤާނޫނުހަދާ މަޖިލީހުގެ މަތިގެއެއް އުފައްދަން ފެނޭތޯ ބަލާނެ ކަމަށެވެ.

އެ އިދާރާއިން މިކަން އިއުލާނު ކޮށްފައިވަނީ ރައީސް ސީސީގެ ވެރިކަމުގެ މިހާރު ހިނގަމުންދާ ދައުރު 2024ގެ ނިޔަލަށް ދަންމާލައި އަދި ހަ އަހަރުގެ އިތުރު ދައުރަކަށް ކުރިމަތިލައްވައި 2030ގެ ނިޔަލަށް ވެރިކަމުގައި ހުންނެވޭނެ ފަދަ ގޮތަކަށް ގާނޫނުހަދާ މަޖިލީހުން ގާނޫނު އަސާސީއަށް ބަަދަލުގެނައިތާ އެއް  ދުވަހުގެ ތެރޭގައެވެ.

ޖުމްލަ 536 މެމްބަރުން ތިއްބަވާ މިސްރުގެ ގާނޫނުހަދާ މަޖިލީހުގައި ސީސީއަށް ތާއީދުކުރައްވާ 531 މެމްބަރުން ތިއްބަވާއިރު މި ހުށަހެޅުން ފާސްކުރެވުނު 554 މެމްބަރުން ވަނީ ހާޒިރުވެ ވަޑައިގެންފައެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުުނަމުންދަނީ މި ހުށަހެޅުމަކީ ރައީސް ހުސްނީ މުބާރަކްގެ ތިރީސް އަހަރުގެ ވެރިކަން ވައްޓާލައި ޑިމޮކްރަސީ ގާއިމް ކުރުމަށް ނުކުތްތާ އަށް އަހަރު ފަހުން އަނެއްކާވެސް ޚުދުމުޚުތާރު ކަމަށް ގޮސް ފަހަތަށް އެޅޭ ފިޔަވަޅެެއް ކަމަށެވެ.

ސީސީގެ ސަރުކާރުން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ދުއްތުރާ ކުރާކަމުގެ ތުހުމަތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ކެނޑިނޭޅިދަނީ ފާޑުކިޔަމުންނެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައިވަނީ ގާނޫނު އަސާސީއަށް ހުށަހެޅު އިސްލާހުގެ ސަބަބުން ޚިޔާލު ފާޅުކުުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަށް އެ ގައުމުގެ އިދާރާތަކުން އަރައިގަންނަން ފަސޭހަވެ އިންސާނީ ހައްގުތައް ގެއްލި ގައުމު ނުތަނަވަސް ކަމަކަށް ހިނގައިދާނެ ކަމަށެވެ.

ސީސީއަށް ވޯޓުފޮށި މެދުވެރިކޮށް ވެރިކަމުގެ ބާރުތައް ލިިބިވަޑައިގެންްފައިވަނީ 2014 ވަނަ އަހަރުއެވެ. އޭގެ އަހަރެއް ކުރިން، އެ ގައުމުގެ ފުރަތަ ޑެމޮކްރެޓިކް ރައީސް މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލެވުނު ބަޣާވާތުގެ ވެރިއަކަށް ހުންނެވީ މުރުސީއެވެ. އެ ބަޣާވާތަށް ފަހު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ މުސްލިމް ބުްރަދަރހުޑް ޕާޓީއަކީ ވެސް މިސްރުގައި މަނާކުރެވިފައިވާ ޕާޓީއެކެވެ.

 އުމުރުފުޅުން 64 އަހަރު ފުޅުގެ މުރުސީ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވަނީ 2018 ވަނަ އަހަރުގެ މާރިޗް މަހުއެވެ. 

ހައްޔަރު ކުރުމާއި ބިރުދެެއްކުމުގެ ސަބަބުން އެތައް ކެނޑިޑޭޓުންނެއް ކެނޑިޑެސީ އަނބުރާ ގެންދިޔަ އެ އިންތިޚާބު އެ ގައުމުގެ އެތައް ބަޔަކު ބޮއިކޮޓް ކޮށްފައިވަނިކޮށް ނެގުނު ވޯޓްގައި ސީސިއަށް 97 އިންސައްތަ ލިބިވަޑައިގެންނެވި ކަމަށް އިއުލާނު ކޮށްފައިވެއެވެ. 

އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ އެންމެ ކެނޑިޑޭޓަކަށް ކަމަށްވާއިރު އެއީވެސް ސީސީއަށް ތާއީދުކޮށް އިވެންޓްތައް ބޭއްވުމަށް އުޅެފައިވާ ސީސީގެ އަރިސް ބޭފުޅެކެވެ. މޫސާ މުސްތަފާ މޫސާ  ނަމަކަށް ކިޔާ އެމީހާ ނަން ހުށަހަޅާފައިވަނީ ވެސް ނަންހުށަހެޅުމުގެ ސުންގަޑިހަމަވާން ހަފްތާއަކަށް ވެފައިވަނިކޮށެވެ.

 

- ކޮމެންޓް